https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ޝަކުވާއެއް ނެތް، ދެން އޮތީ ޗައިނާާ މެޗަށް ތައްޔާރުވުން: ކޯޗު

  • Writer: Goal mv
    Goal mv
  • Jun 5, 2021
  • 1 min read


ފީފާ ވޯލްޑްކަޕް އަދި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ސީރިއާ އަތުން ރާއްޖެ ބަލިވުމުން އެކަމާ ޝަކުވާކުރެވިދާނެ ކަމަށާއި ނަމަވެސް އެކަމުގެ މުހިއްމުކަން މިހާރު ނެތްކަމަށް ގައުމީ ކޯޗު މާޓިން ކޫޕްމަން ބުނެފިއެވެ.


މިއީ އަހަރުދުވަހުގެ ދިގު މުއްދަތަކަށްފަހު އޭނާގެ ކޯޗުކަމުގެ ދަށުން ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. ދުބާއި ގައި ކުޅުނު މި މެޗުން ސީރިއާ އަތުން ރާއްޖެ ބަލިވީ 4-0 ގެ ނަތީޖާއަކުންނެވެ.


ކޯޗު ބުނީ ކިތަންމެ ގިނަ ޝަކުވާތަކެއް ކުރިޔަސް އެކަމުގެ ފައިދާއެއް މިހާރު ނެތް ކަމަށާއި ހުރިހާ ވިސްނުމެއް ހުރީ ކުރިޔަށްއޮތް ޗައިނާ މެޗަށް ކަމަށެވެ. ނަމަވެސް މުހިއްމު ދެ ކަމެއް ފާހަގަކުރަން ބޭނުންވާކަމަށް ކޯޗު ބުންޏެވެ.



ރާއްޖެއާއި ސީރިޔާ ބައްދަލުކުރި މެޗުގެ ތެރެއިން

"ސީރިއާ މެޗަށް ނުކުތުމުގެ ކުރިން އަހަރެމެންނަށށް ފަރިތަކުރަން ލިބުނީ ހަ ހަފުތާ، އެ ހަ ހަފުތާގެ މުއްދަތަށް ބަަލާއިރު އެއީ ނުވަ ފަހަރު، އަނެއްކާ މިއީ މިދިޔަ ދޮޅު އަހަރުތެރޭ ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗު" ކޯޗު ބުންޏެވެ.


މާލޭގައި ޓީމު ހޭދަކުރި ދުވަސްތަަކުގައި ފަރިތަކުރުންތައް ކުރިޔަށްގެންދިއުމުގެ ފުރުސަތު ނުލިބުނީ ކޮވިޑުގެ ހާލަތު މާލޭގައި ގޯސްވުމާއި ގުޅިގެންނެވެ. ގައުމީ ޓީމުން ފަރިތަކުރުންތައް ކުރިޔަށްގެންދަން ހުއްދައަކަށް އެދުނު ނަމަވެސް އެކަން ކޮށްނުދެއެވެ. އެހެންކަމުން ޓީމަށް މަޖުބޫރުވީ ގައުމުން ބޭރުގައި ކޭމްޕުުކުރުމަށެވެ. ޓީމު ހޮޓެލް ޖެންގައި ކޭމްޕުކުރި އިރު ފަރިތަކުރީ އެތަނުގެ ބޯލްރޫމުގެ ކާޕެޓުމަތީގައެވެ.


މި ނަތީޖާއާއެކު ސީރިއާ އެއްވަނައިގައި އޮތީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެން 18 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ޗައިނާ އޮތީ ކުޅުނު ފަސް މެޗުން 10 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި ފިލިޕީންސް އޮތީ ހަތް ޕޮއިންޓާއެކުގައެވެ. ރާއްޖެ އޮތީ ހަ ޕޮއިންޓް ލިބިގެން ހަތަރުވަނައިގައެވެ. ކުޅުނު އެއްވެސް މެޗަކުން ޕޮއިންޓެއް ނުލިބި، އެންމެ ފުލުގައި އޮތީ ގުއާމްއެވެ.


ރާއްޖެއާއި ޗައިނާ ބައްދަލުކުރާނީ އަންނަ ހުކުރުދުވަހުގައެވެ.

Comments


  • White Facebook Icon

@goal.mv2021

bottom of page