https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ކޮންމެ އަހަރަކު އިންވިޓޭޝަނަލް ފުޓްބޯޅަ މުބާރާތެއް ރާއްޖޭގައި ބާއްވަނީ

  • މާހިރު މުޙައްމަދު
  • Oct 17, 2021
  • 1 min read

އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ގައުމުތަކަށް ދައުވަތު ދީގެން އިންވިޓޭޝަނަލް ފުޓްބޯޅަ މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު އިރުޝާދު ދެއްވާފައިވާކަމަށް ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.


މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ރާއްޖޭގައި މިހާތަނަށް ބޭއްވިގެން އައި އެންމެ ފާހަގަކޮށްލެވޭ ބައިނަލް އަގުވާމީ ކުޅިވަރު މުބާރާތެވެ. ފަހުގެ ތާރީހަށް ބަލާއިރު، ރާއްޖެއިން ބައިނަލް އަގުވާމީ މުބާރާތްތަތައް ބޭއްވުމުގެ ބިޑް ކާމިޔާބުކޮށް ހޯސްޓް ކުރަން ފަށާފައިވާ އިރު، ސާފް މުބާރާތާ އެކު ރާއްޖެއަށް މިކަން ވެދާނެ ކަމަށް ގިނަބަޔަކު ވަނީ ގަބޫލުކުރަން ފަށައިފައެވެ.


ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ ބައިނަލަގްވާމީ މުބާރާތްތަކެއް މިއަންނަ އަހަރު ބޭއްވިގެން ދާނެ ކަމަށެވެ.


"ރައީސް ވަނީ އަޅުގަނޑާ ބައްސާމާ 2 މީހުންނަށް ރާއްޖޭގައި އިންވިޓޭޝަނަލް މުބާރާތެއް ކޮންމެ އަހަރަކު ބޭއްވުމަށް އިންސްޓްރަކްޝަން (ލަފާ) ދެއްވާފައި. އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުން ފެށިގެން އަޅުގަނޑާއި ބައްސާމް އެކަމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން ދާނަން،" މަހުލޫފް ވިދާޅުވި އެވެ.


މަހުލޫފް ވިދާޅުވީ އަންނަ މަހުގެ 8 ވަނަ ދުވަހު ލަންކާގައި ފަށާ ފޯ ނޭޝަންސް މުބާރާތަށް ދާއިރު، ރާއްޖޭގައި މި އޮތް ފުޓްބޯޅައިގެ މި ފޯރި ނުކެނޑި ގައުމީ ޓީމާ އެކު ވަރަށް ބާރަށް ކަންކަން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page