ތިން ވަނަ ފަަރަށް ރާއްޖޭގެ ބިލިޔާޑް ޤައުމީ ރޭންކިންގެ 1 ވަނަ ޝާޒު ހޯދައިފި
- މާހިރު މުޙައްމަދު
- Nov 16, 2021
- 1 min read
Updated: Nov 16, 2021

ރާއްޖޭގެ ބިލިޔާޑުގެ ޤައުމީ ރޭންކިންގެ 1 ވަނަ 3 ވަނަ ފަަރަށް ހަސަން ޝާޒު މުޙައްމަދު ހޯދައިފިއެވެ.
ބިލިޔާޑު ޤައުމީ ރޭންކިންގެ 1 ވަނަ ޝާޒުއަށް ލިބިފައި ވަނީ މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި 8 ބޯލް، 10 ބޯލް އަދި 9 ބޯލް ކަޕުތަކުން ލިބުނު ޕޮއިންޓުންނެވެ.
މި އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި 8 ބޯލް ޗެމްޕިއަންޝިޕްގައި ޝާޒައަށް ވަނީ 120 ޕޮއިންޓް އަދި 27 އެފްޑީ ލިބިފައެވެ.
ނެޝަނަލް ބިލިއާޑް ސެންޓަރުގައި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު ބޭއްވި 10 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހަސަން ޝާޒު ހޯދާފައި ވަނީ ކުޅުނު ފައިނަލް މެޗުތަކުން މޮޅުވެގެންނެވެ.
އެ މެޗުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ޝާޒު ވަނީ މުހައްމަދު ޝަރީފްއާ ވާދަކޮށް 9-5 ފްރޭމުން މެޗު ކާމިޔާބުކޮށްފައެވެ. އެއާއެކު ޤައުމީ ރޭންކިންގެ 1 ވަނަ އާއި ގަތަށް ދިއުމަށް އެ މެޗުން 150 ޕޮއިންޓް އަދި 29 އެފްޑީ ޝާޒައަށް ލިބިގެން ދިޔައެވެ.
ނަމަވެސް 9 ބޯލް އެސޯސިއޭޝަން ކަޕުން ޝާޒައަށް ލިބުނު ޕޮއިންޓް ވަނީ އެހެން ފަހަރުތަކަށްވުރެ ދަށްވެފައެވެ. 9 ބޯލް ކަޕުން 100 ޕޮއިންޓް އަދި 19 އެފްޑީ ލިބުން ކަމުގައި ވިޔަސް ކުރިން ހޯދަފައިވާ ޕޮއިންޓްގެ މުޅި ޖުމްލަ 370 ޕޮއިންޓް ލިބުމާއެކު ރާއްޖޭގެ ބިލިޔާޑު ޤައުމީ ރޭންކިންގެ 1 ވަނަ ހަސަން ޝާޒު މުޙައްމަދު ވަނީ ލިބިފައެވެ.
ޝާޒްއަށް ބިލިޔާޑު ޤައުމީ ރޭންކިންގެ 1 ވަނަ ލިބިގެން ދިޔަ އިރު 2 ވަނަ ލިބިފައި ވަނީ ހުސައިން ފަޔާޒުއަށެވެ. ފަޔާޒަށް ލިބިފައި ވަނީ 350 ޕޮއިންޓެވެ.

މިހާރު ޝާޒް ތައްޔާރުވަމުން ދަނީ ކުރިއަށް އޮތް ޑިސެންބަރު މަހުގެ 1 އިން 15ގެ ނިޔަލަށް ކުރިއަށްގެންދާ ޤައުމީ ބިލިއާޑް މުބާރާތަށް ތައްޔާރުވަމުންނެވެ.

ޤައުމީ ބިލިޔާޑު މުބާރާތް އެންމެ ފަހުން ބޭއްވީ 2019 ވަަނަ އަހަރުގައެވެ. ކޯވިޑް-19ގެ ސަބަބުން މިދިޔަ އަހަރު ޤައުމީ މުބާރާތް ބާއްވާފައި ނުވެއެވެ.








Comments