ޖޯލީ މޯލްޑިވިސްގައި މަސައްކަތް ކުރި ރިސޯޓް ބޯއީގެ ހިތްދަތި ތަޖުރިބާގެ ވާހަކަ
- ޙުސައިން އަޙުމަދު

- Jun 21, 2021
- 2 min read

މި ވާހަކަތަކަކީ ޖޯލީ މޯލްޑިވިސްގައި މަސައްކަތް ކުރި ރިސޯޓް ބޯއީއެއްގެ ހިތްދަތި ތަޖުރިބާގެ ވާހަކަތަކެކެވެ. މިއީ ހަގީގީ ވާހަކައެކެވެ.
އަޅުގަނޑު މިވާހަކަ ހިއްސާ ކޮއްލަން ބޭނުންވާ އެންމެ ބޮޑު އެއްސަބަބަކީ، މި ވޭތުވެ ދިޔަ 11 މަސް ވަންދެން އަޅުގަނޑު ވަޒީފާ ގަނޑެއް ހޯދަން ތެޅުނު ހާލް، ތިޔަބޭ ފުޅުންނަށް ހިއްސާ ކުރުމާއި ރިސޯޓްތަކުގެ ބަައެއް އެޗް އާރް މެނޭ ޖަރުން މުވައްޒަފުންނާއި މެދު ހިންގާ އަޅުވެތި ކުރުމުގެ ސިޔާސަތުގެ ހިއްދަތި ވާހަކަ ވެސް ހިއްސާކޮއްލުމުގެ ބޭނުމުގައެވެ. އަދި ދަންނަވަމެވެ.
މި ވާހަކަ މި ނޫހާއި އަޅުގަނޑު ހިއްސާ މި ކުރަނީ އެއްވެސް މީހަކައި އަދި ބަޔަކާއި ވެސް ޒާތީ ހަސަދައެއް އޮވެގެން ނެއް ނޫނެވެ.
އަޅުގަނޑަކީ ޖޯލީ މޯލްޑިވިސްގައި މަސައްކަތް މީހަކީމެވެ. އެ ރިސޯޓުން އެއްވެސް ސަބަބަކާ ނުލައި އަޅުގަނޑު ވަކި ކުރީ އަޅުގަނޑައް ލިބެންޖެހޭ ހައްގެއް ހޯދުމަށް މަސައްކަތް ކުރިތީއެވެ. އަދި ދަންނަވަން ތޯއެވެ. ޖޯލި މޯލްޑިވްސް އިން އަޅުގަނޑު ކަނޑާލީ ވެސް ދިވެހިރާއްޖޭގެ ވަޒީފާ އާއި ބެހޭ ޤާނޫނާ ހިލާފަށެވެ.
ވަޒީފާ އަދާކުރި ދުވަސްތަކުގައި އަޅުގަނޑު ދުވަހަކު ވެސް ގަޑި ޖެހިފައި ނުވާނެއެވެ. އަދި ވަޒީފާ ކޮންޓެކްޓާ ހިލާފު އެއްވެސް ކަމެއް ކޮއްފައި ވެސް ނުވާނެއެވެ. އަދި ދުވަހަކު ވެސް އެފަދަ ކަމެއް ނުކުރާނަމެވެ. މީގެ އިތުރުން އަހުލާގީ މައްސަލައެއް ނުވަތަ ފަރުވާ ކުޑަ ވެގެން އަޅުގަނޑުގެ ވެރިމީހަ އަޅުގަނޑާ ސިޓް ކޮއްފަ ވެސް ނެތެވެ.
އަޅުގަނޑު ކަނޑާލީ 11 ނުވަތަ 12 ގަޑި އިރު މަސައްކަތް ކުރުވައި އަޅުގަނޑަށް ހައްގުވާ ފައިސާ ނުދޭތީ އެވާހަކަ އެޗް އާރު ޑައިރެކްޓަރ އަލީ ރިޒާކާރިގާ ވިދާޅުވުމުންނެވެ. އެދުވަހު އޭނާ އަޅުގަނޑު ކައިރީ ވިދާޅުވީ މިއީ ސަރުކާރު ނޫންކަމަށާއި ޤާނޫނުގާ ވާ ހުރިހާ ގޮތަކައް އަމަލް ކުރާކަށް މިތަނަކުން ނެޖެހޭނެ ކަމަށެވެ. ތި ހުރިހާ ހައްގުތަކެއްް ލިބޭނޭ ފަދަ ތަނަކައް ދާށޭއެވެ.
އޭގެ ހަފުތާއެއް ފަހުން އެޗް އާރައް ގެންގޮސް އަޅުގަނޑުގެ ކޮންޓެކް އާ ކުރަން ބޭނުން ނުވާ ކަމަށް ބުންޏެވެ. އެފިޔަވަޅު މަތީ ހުރެ އަޅުގަނޑު ބުނިން " މިހާރު 2 އަހަރު ވެއްޖެ. އިތުރައް ކޮންޓެކްޓް އާކުރާކަށް ޤާނޫނުގައި ބުނާ ގޮތުން ނުޖެހޭނެ ކަމަށް."
އަޅުގަނޑު ދެއްކި އެއްވެސް ވާހަކައެއް އަޑު ނާހާ އަޅުގަނޑު ވަޒީފާއިން ކަނޑާލިއެވެ. އެ ދުވަހައް ފަހު އަޅުގަނޑު ވަޒީފާއެއް ލިބޭތޯ 11 މަސް ދުވަހު މަސައްކަތް ކުރީމެވެ. ކޮންމެ ތާކުން ވެސް އެންމެ ފަހުވަގުތު ބުނަނީ، ވަޒީފާ ދެވެން ނެތް ކަމަށެވެ.
ސަބަބެއް އެއްގޮތަކަށް ވެސް ނުބުނެއެވެ.
އަޅުގަނޑައް ވަޒީފާ ނުދޭން އުޅޭ ސަބަބު އެނގުނީ ވޯލްޑުރަފް އެސްޓޯރިއާ އިތާ ފުއްޓައް ވަޒީފާޔާއައްް އެޕްލައި ކުރި ފަހުން އެތާގަ އުޅޭ އެޗް އާރު މެނޭޖަރ ބުނުމުންނެވެ. އެނާ ބުނީ ހުރިހާކަމެއް ވެސް ވަރައް ރަނގަޅު ކަމަށާއި ހަމަ އެކަނި އޮތް މައްސަލަޔަކީ ޓުރަބިޔުނަލްގައި ޖޯލި ރިސޯޓާ ދެކޮޅައް ދައުވާ ކޮއްފައި އޮތް އޮތުން ކަމަށެވެ. އެހެންވެ ޖޯލިން ރިފަރެންސް ދިން އިރު އެވާހަކަ ހިއްސާ ކޮއްފައިވާ ކަމަށެވެ.
ނަމަވެސް 11 މަސް ފަހުން މާތް ﷲގެ ވާގި ފުޅާއެކު މިއަދު އަޅުގަނޑަށް މި ވަނީ ވަޒީފާ ލިބިފައެވެ. އެހެން މި ވާހަކަ މިވާހަކަ ތިޔަ ނޫހާއި ހިއްސާ ކޮއްލަން ބޭނޫވީ ހައްގު ބަސް ބުނުމާއި ގައްގު ހޯދަން ވަކާލާތު ކުރުމަކީ، އަހަރަމެން ކޮންމެ އިންސާނަކަައް ވެސް ލިބޭ ވަރަށް ފަންޑުމަންޓް ރައިޓެއް އަދި މުސްލިމަކަށް ވާނަމަ، އެމީހަކައް ލިބޭ ހައްގުތައް ހޯދަން އުޅިމަކީ ދީނީ ގޮތުން އޮތް ވާޖިބެކެވެ. އަހަރަމެންގެ ރިޒްގު ރިސޯޓް ތަކުގެ އެޗްއާރުގެ ބޮޑެތި ވެރިންނަށް ބަންދެއްް ނުކުރެވޭނެއެވެ.
އަޅުގަނޑުގެ ހައްގަށް އަރާއި ގަނެފައި ވަތީވެ ޖޯލި މޯލްޑިވުސްގެ އެޗް އާރު ޑައިރެކްޓަރ އާލީ ރިޒާއައް ގިޔާމަތް ދުވަހު މަހުސަރު ބިމުގައި ދައުވާ ކުރާނަމެވެ.
ނޯޓް:
ރިޒޯޓް ތަކުގެ އެޗްއާރުގެ އިސްމަގާމް ތަކުގައި މަސައްކަތް ކުރާ ގިނަ ދިވެހި ވެރިންނަކީ ވަރަށް ނާ ގާބިލް ވަރަށް ޒާތީ ވެ ދިވެހި އެތައް މުވައްޒަފުންގެ ހައްގު ނިގުޅައިގަންނަ ބައެއް ވަރަށް ކައިރިން އެ މަންޒަރު ފެނި ތަޖުރިބާކުރެވިފަ ހުރި ދިވެހި ޒުވާނެއްގެ ހައިސިއްޔަތުން އެކަން ކަމަށް ވަރަށް ހިތާމަ ކުރަމެވެ.
ތިމާގެ ވަޒީފާއަށް ޓަކައި އެތައް ދިވެހި ދަރީންގެ މުސްތަގުބަލް ބަނަ ކޮއްލީ ވެސް ހަމަ ދިވެހި HRD ޑީން އާއި މެނޭޖަރުން ކޮންމެ އިންސާނަކަަށް ވެސް އެމީހާގެ ރައިޓްސް ތަކަށް މަސައްކަތް ކުރުމުގެ ހައްގު ލިބިގެންވެއެވެ. ނަމަވެސް ބައެއް ރިސޯޓް ތަކުގެ HOD އިން އެފަދަ މުވައްޒަފުން ބުލެކް ލިސްޓްކޮށް އެހެން ތަންތަނުން ވަޒީފާ ހޯދުން ނުވަތަ ލިބުމަށް އެބަ ފާޅުގައި ހުރަސް އަޅައެވެ. އަދި އިންޓަވިއު އިން ފާސްވެގެން ވަޒީފާ ލިބޭނެ ކަމުގެ ފޮނި އިންތިޒާރުގަ ހުއްޓާ މި ލިބަޭ ހަބަރަކީ HRD ބުންޏޭ ތިީނަ އެބަ އޮތޭ ޓުރެބިއުނަލްގައި ކުރީން ވޯކް ކުރި ތަނުގެ މައްސަލަ ޖައްސާފައި.. އެހެން ވެ ތީނަ ރިޖެކްޓް. މި ފެންވަރަށް HRD އިން ދިޔާމަ ލަދުގަނޭ.. އެފަދަ މީހުންނަށް ޑައިރެކްޓަރ އޮފް ހިއުމަން ރިސޯސަސް އޭ ކިޔަން....








I feel very sorry for your struggle and what you have gone through. But don't blame everything on HR. They also work under resort management and board members. If the HR manager wants to fight for the right of the staff also he struggles to keep up with the rules and regulations of the company policy and Maldives Law. HRM also have family and mouths to feed. He doesn't have any other choice to follow the order from the above team.
I have seen HRM fighting for the right of staffs and crushed to the bottom of the company and went depression.
The real problem here is the company owners and management. Until they don't start to follow the rules…