https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ފިރިހެން ދަރިން ތަރުބިއްޔަތު ކުރުމުގައި ވެސް ވަކި ޚާއްސަ ކަންކަމަށް ސަމާލުކަންދޭން ޖެހެ

  • މާހިރު މުޙައްމަދު
  • Sep 9, 2021
  • 1 min read

ކުއްޖަކު ތަރުބިއްޔަތު ކުރުމަކީ ހަމަ ގައިުވެސް ކުޑަ ކަމެއް ނޫނެވެ. އެއީ ބައެއް މީހުންގެ ނަޒަރުގައި ބުރަވެސް ކަމެކެވެ. އަންހެން ކުއްޖަކު ތަރުބިއްޔަތު ކުރުމުގައި ވަކި ކަންތައްތަކަކަށް ސަމާލުކަން ދޭފަދައިން ފިރިހެން ކުއްޖަކު ތަރުބިއްޔަތު ކުރުމުގައިވެސް ވަކި ޚާއްސަކަންކަމަކަށް ސަމާލުކަންދޭންޖެހެއެވެ.


ރަނގަޅު މުޖުތަމައެއް ބިނާ ކުރުމުގައި ފިރިހެން މީހާގެ ދައުރު ވަރަށްވެސް ބޮޑެވެ. ފިރިހެން ކުއްޖާއަށް ކިޔައިދެންވީ އެއްޗެހި ވަރަށްވެސް ގިނައެވެ. އެހެންނަމަވެސް ގިނަ ފަހަރަށް ފިރިހެނަކަށްވީތީ ފަރުވާ ކުޑަ ކުޑަކުރެވުނީއެވެ. ގިނަ ފަހަރަށް ކުއްޖާއަށް "ނޫން" މިބަސް ބޭނުން ކުރުމަށް ވެސް ގިނަ މައިންބަފައިންނަށް ދަސްކޮށެއް ނުދެވެއެވެ. ކުއްޖާ ނުބައި މަގަށް އެޅިގެންދަނީ މިހެންވުމުގެ ސަބަބުންނެވެ.

ފިރިހެން ކުއްޖަކު ތަރުބިއްޔަތު ކުރުމުގައި ސަމާލުކަންދޭންވީ ބައިވަރު ކަންކަން އެބަހުއްޓެވެ. އޭގެ ތެރެއިން ބައެއް ކަންކަން މިތާންގައި ފާހަގަކޮށްލާނަމެވެ.

ކެއްކުމާއި އަމިއްލަ ސާފުތާހިރުވާން ދަސްކޮށްދިނުން

ގިނަ މީހުނަށް ހީވެފައި އޮންނަނީ ކެއްކުމާއި އެއްޗެހި ދޮވުމާއި މިފަދަ ކަންކަމަކީ ހަމައެކަނި އަންހެން ކުދިން ކުރަންޖެހޭ ކަމެއް ކަމުގައެވެ. އަދި ގިނަ ފަހަރަށް މިފަދަ ކަންކަން ކުރަން ފެށުމުންވުން ކުއްޖާ ގާތު އެކަންކަން ނުކުރުމަށް ބުނާ މައިންބަފައިން އުޅެއެވެ.

އެހެނަމަވެސް ކުއްޖާ ބޮޑުވެ ވަކި އުމުރަކަށް ދިއުމުން ކިޔަވަން ނުވަތަ އެނޫންވެސް އެފަދަ ބޭނުމެއްގައި ދިރިއުޅޭ ގެ ނޫން އެހެންތާކަށް ދާންޖެހެއެވެ، މިފަދަ ހާލަތުގައި ކުއްޖާއަށް ކެއްކުމާއި އަންނައުނު ދޮވުންފަދަ ކަންކަން ކުރަން ނޭންގުމުން ގިނަ ދަތިތަކަކާއި ކުރިމަތިވާނެއެވެ. މިހެން ކަމުން ފިރިހެން ކުއްޖާއަށްވެސް ގޭތެރޭގެ މަސައްކަތް ކުރަން ދަސްކޮށްދިނުމަކީ މުހިންމު ކަމެކެވެ. އަދި އެއީ "އަންހެން ދޮޅާ" ވުން ނޫން ކަމުގައިވެސް ކުއްޖާއަށް ބުނެދެންވާނެއެވެ.

ހެން މީހުނަށް އަޅާލުމަށް ދަސްކޮށްދިނުން

އަންހެނާގެ ޠަބީޢަތުގައިވެސް އަޅާލުމައި އޯގާތެރިކަމަކީ އޮންނަ އެއްޗެކެވެ. އެހެންނަމަވެސް ގިނަ ފިރިހެނުންނަށް މިއީ ބީރައްޓެހި އެއްޗެކެވެ. ގިނަ ފަހަރަށް މިކަން މިހެން ދިމާވަނީ އެމީހާ ކުޑައިރު އެފަދަ ތަރުބިއްޔަތެއް ދެވިފައި ނެތުމުގެ ސަބަބުންނެވެ.

ފިރިހެން ކުއްޖާ ކުޑައިރު މީހުނަށް އަޅާލުމަށް ދަސްކޮށްދޭށެވެ. ތިމާއަކީ މަންމަ ނަމަ މިކަން ކުރަން ވަރަށް ފަސޭހަ ވާނެއެވެ. ކުދި ކުދި ކަންކަން ކުރުވާށެވެ. މިސާލަކަށް ތިމާ ބަލިވުމުން ބޭސްދިނުމުގެ ކަންތައް ކަހަލަ ކަންތައް ތިމާގެ ފިރިހެން ދަރިފުޅު ލައްވާ ކުރުވާށެވެ. މިފަދަ ކަންކަން ކުރާނަމަ އެކުއްޖެއްގެ ކިބައިގައި އެހެން މީހުނަށް އަޅާލުމުގެ ސިފަ އަށަގަންނާނެއެވެ.

ރޯން ހުއްދަ ދީ

ގިނަ ފަހަރަށް ދަރިން ގާތު ނުރޯންބުނެ، އެއީ އަންހެން ކުދިން ކުރާ ކަމެއް ކަމުގައި ބުނުމަކީ އެކުއްޖާއަށް ޖިސްމާނީ ގޮތުން ގެއްލުން ލިބޭނެކަމެކެވެ. ރުއިމަކީ ޠަބީޢީކަމެކެވެ. މިއީ ތިމާ ބޭނުންވެގެން ވެގެން ކުރާ ކަމެއް ނޫނެނެވެ. އަދި މިކަމުގައި ފިރިހެނެއް އަންހެނެއް އިސްތިސްނާއެއް ނުވާނެއެވެ. ރުއިމަކީ އުދާސްތައް ބޭރުކޮށްލަދޭ ކަމެކެވެ. މިހެނަކަމުން ރަނގަޅު ކުއްޖަކު ތަރުބިއްޔަތު ކުރަން ބޭނުންނަމަ އެކުއްޖާއަށް ރޯން ޖެހިއްޖެ ހާލަތެއްގައި ރޯން ދަސްކޮށްދިނުމަކީ މުހިންމު ކަމެކެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page