ރިޒް ކާރޓަން މޯލްޑިވްސް ފަރި އައިލެންޑްގައި ޤަވާއިދުތަކާ ޚިލާފު އެތައްކަމެއް ހިނގަމުން އެބަދޭ
- މާހިރު މުޙައްމަދު
- Oct 18, 2021
- 2 min read
Updated: Nov 16, 2021

ދިވެހިރާއްޖޭގައި ވަރަށް ފަހުން ވަނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ރިޒް ކާރޓަން ހުޅުވާފައެވެ. މާލެ އަތޮޅުގައި އޮންނަ ފަރި އައިލެންޑަކީ މެރިއޮޓްގެ އެންމެ ލަގްޒަރީ ބްރޭންޑެވެ. ރިސޯޓް ހުޅުވި ފަހުން ރިސޯޓްގެ މެނޭޖްމަންޓް (ސްޓާފުން)ގެ ތެރޭގައި ވަރަށް ގިނަ މައްސަލަތަކެއް އެބަ އުޅޭކަން މިނޫހަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބޭރު މީހުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅުމާއި، ބޭރު މީހުންގެ ތެރޭގައި ދޮން މީހުންނާއި ކަޅު މީހުންގެ ތަފާތުކުރުން ހިމެނެ އިރު ބޭރު މީހުން އިތުރުކޮށް ދިވެހި މުވައްޒަފުން މަދުކުރަމުންދާކަން ފާހަގަކުރެވެއެވެ. މެނޭޖަރ ލެވެލްއިން މަތީ މުވައްޒަފުންނަކީ ބޭރު މީހުންކަން ފާހަގަކުރެވޭ އިރު އެ ރިސޯޓްގެ ގިނަ ސްޓާފުން ފާހަގަކުރާ ގޮތުގައި އެގޮތަށް މިކަން ދިމާވާ ސަބަބަކީ ރިސޯޓްގެ އެޗްއާރުޑީ ގާލިން ޑިއާން ބޭނުންވާ ގޮތަށް މެނޭޖްމަންޓް ބައްޓަން ކުރަމުންދާތީއެވެ. މިއީ މެރިއޮޓް ކޮމްޕީން ނެރެފައިވާ ޤަވާއިދުތަކާއި ޚިލާފަށް ކުރަމުންދާކަމެއް ކަން ފާހަގަކުރަމެވެ. ގާލިން ޑިއާންއަކީ މީގެ ކުރިން ގިލިލަންކަންފުށި ރިސޯޓުގައި 9 އަހަރު ވަންދެން އެޗްއާރުޑީގެ ގޮތުގައި މަސައްކަތްކޮށްފައިވާ ފަރާތެކެވެ. އޭނާ އެ ރިސޯޓުން ވަކިކޮށްފައި ވަނީ ޤަވާއިދާ ޚިލާފަށް މަސައްކަތްކޮށްފައި ވާތީއެވެ. މުވައްޒަފުން ވަޒީފާތަކަށް ހަމަޖެއްސުމާއި، އަހަރީ އިންޓަރނޭޝަނަލް ޓިކެޓު އޭނާ ބޭނުންވާ ގާތްކޮށް އުޅޭ މުވައްޒަފުންނަށް ދިނުން ފަދަ ކަންކަން އޭނާ ކޮށްފއިވާކަން ފާހަގަކުރަމެވެ. މިފަދަ ކަންތައްތަކެއް ހިނގާފައި ވަނިކޮށް ގާލިން ޑިއާން ރިޒް ކާރޓަންގެ އެޗްއާރުޑީ މަޤާމަށް ހޮވާފައި ވަނީ ކިހިނެއްކަމެއް ސާފެއްނުއެވެ. ގާލިން ޑިއާންއާ އޭނާގެ ގާތް އެކްސްކޮމް ލެވެލް މުވައްޒަފުންނަށް އެމީހުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދެމުންދާ ކަން ވަރަށް ސާފުކޮށް އެނގެންއެބަހުއްޓެވެ. އޭގެ ތެރޭއިން ފާހަގަކޮށްލެވެނީ އެފްއެމްބީ ޑައިރެކްޓަރ ޑޭން ބުނާ ޔޫރަޕްގެ މީހުން ވަޒީފާއަށް ވެއްދުމާއި، ޑޭންގެ އާއިލާ މީހުންނަށް ވަޒީފާ ދިނުމާއި، ޑޭންގެ ސްޓޯ އެލެވެންސްގެ ދަށުން ޕޯކް (އޫރު މަސް) ދިނުމާއި، އެތަކެތި ހިފައިގެން ގޮސް ފަރި ކެމްޕަސްގައި ކެއްކި މައްސަލަވެސް ވަނީ ރަށު ތެރޭގައި ފެންމަތިވެ އެކަމުގެ އަޑުތައް ފެތުރިފައެވެ. މި ކަންތައްތައް މިގޮތަށް ހިނގަމުންދާކަން އަންގަން ޖެހޭ ފަރާތްތަކަށް އެންގުމުން ވެސް އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާކަން ހިތާމައާއެކު ފާހަގަކުރަމެވެ. އޫރު މަހަކީ ހަމައެކަނި ގެސްޓުންގެ ބޭނުމަށް އެތެރެކުރެވޭ އެއްޗެކަށް ވާ އިރު އެ ތަކެތި ރިސޯޓުގެ މުވައްޒަފުން ބޭނުންކުރުމަކީ ދިވެހިރާއްޖޭގެ ޓުވަރިޒަމް ޤަވާއިދުތަކާއި ޚިލާފުކަމަކަށް ވާ އިރު ކޮމްޕެނީ މެރިއޮޓްގެ ޤަވާއިދުތަކާ ވެސް އެއީ ޚިލާފުކަމެއް ކަން މިފުރުސަތުގައި ފާހަގަކުރަމެވެ. މިކަންކަން ކަމަކީ އެޗްއާރުޑީ ގާލިން ޑިއާން ރަނގަޅަށް އެނގޭ ކަންކަމަށް ވާއިރު ވެސް ގާލިން ޑިއާންއާއި އޭނާގެ ގާތް އެކްސްކޮމް މުވައްޒަފުން ވަނީ ދިވެހިން ތަފާތުކޮށް، ދިވެހިނަށް ޑިސްރެސްޕެކްޓްކޮށް، އެމީހުންގެ އަޑު ނާހާ އެ މުވައްޒަފުން ކުރާ މަސައްކަތަށް ދަނީ މަލާމާތްކުރަމުންނެވެ. ގާލިން ޑިއާންގެ ދަށުން މަސައްކަތް ކުރަމުންދާ އާދައިގެ މުވައްޒަފުންނަށް ދީފައިވާ ޔުނީފޯމްތަކަކީ ރިސޯޓު މާހައުލުގައި މަސައްކަތަށް އެކަށީގެންވާ ތަކެއްޗެއް ނޫންކަން ވެސް މި ނޫހަށް ކަށަވަރުވެއެވެ. ޔުނީފޯމްތައް އަތް ދިގުކޮށް ހުރުމުގެ ސަބަބުން އެ ޔުނީފޯމްތައް ބޭނުންކުރާ މުވައްޒަފުން ތިބެނީ ދާހިއްލާ ފޯވެފައެވެ. ސްޓާފުން ވަކި ރަށެއްގައި ދިރިއުޅެން ހަމަޖެހިފައިވާ އިރު މިގޮތަށްވުމުން ޔުނީފޯމް ބަދަލުކުރުމަށް ރިސޯޓުގައި ހުރެފައި އެ ރަށަށް ދިޔުމަކީ ވަރަށް ދަތި އުނދަގޫކަމެކެވެ. ގާލިން ޑިއާރއާއި އޭނާގެ އެކްސްކޮމް މުވައްޒަފުން ބްރޭންޑަށް ހެދުންލާފައި އޭސީ ދަށުގައި މަސައްކަތް ކުރިކަމުގައި ވީ ނަމަވެސް އޭނާގެ ދަށުން މަސައްކަތްކުރަމުންދާ އާދައިގެ މުވައްޒަފުން މަސައްކަތްކުރަމުންދަނީ އޭސީގެ ތެރޭގައި ނޫކަން ފާހަގަ ކުރަމެވެ. ގާލިން ޑިއާންއާ އޭނާގެ އެކްސްކޮމް މުވައްޒަފުން ގަޑިއަކުން ގަޑިއަކުން ހެދުން ބަދަލުކުރެވުނުކަމުގައި ވިޔަސް އެހެން މުވައްޒަފުންނަށް އެ ގޮތަށް މިކަން ކުރެވޭކަށެއް ނޯވެއެވެ. ގާލިން ޑިއާން ރިސޯޓުގެ އެޗްއާރުޑީގެ މަޤާމުގައި ހުރެ މިގޮތަށް ކަންތައްތަކް ކުރަމުންދާއިރު ވެސް މެރިއޮޓް ކޮމްޕެނީގެ ކޯޕްރޭޓް އެޗްއާރުން މި ކަންތައްތައް ބަލަމުން ނުދާކަން ފާހަގަކުރެވެއެވެ. ހުރިހާ މުވައްޒަފުންނަށް ވެސް ހަމަހަމަކަމާއިއެކު މަސައްކަތްކުރެވޭނެ މަގު ފަހިކޮށްދޭން ޖެހޭއިރު ގާލިން ޑިއާން ބޭނުންވާ ގޮތަށް މަސައްކަތްތައް ކުރަމުންދާތީ މެނޭޖްމަންޓް ދަނީ ދުވަހެއް ދުވަހަކުން ފެއިލްވަމުންނެވެ. ޑިއާން ގާލިންއާއި އޭނާގެ ގާތް އެކްސްކޮމް މެމްބަރުން ރިސޯޓުގެ ޖެނަރަލް މެނޭޖަރ ބުނާ ގޮތަށް މަސައްކަތް ނުކޮށް އޭނާ ބުނާ ގޮތާ ޚިލާފަށް މަސައްކަތް ކަރަމުންދާކަމުގެ އަޑު އެ ރިސޯޓު ތެރޭގައި ފެތުރެމުން ދާއިރު އެޗްއާރު އޮފީސް ރިސޯޓުގައި ނެތި އެހެން ރަށެއްގައި ހުރުމުން އެޗްއާރަށް ރިސޯޓުގައި ހިނގާ ކަންތައްތައް ނޭނގޭކަން ފާހަގަކުރެވެއެވެ. ޤާނޫނައި ޤަވާއިދާއި ހިލާފް، މިފަދަ މައްސަލަތަކެއް ފެންމަތިވެފައި ވާއިރު މިކަންކަން މޮނިޓާރކޮށް ރެގިއުލޭޓް ކުރުމަށް ލޭބަރ ރިލޭޝަން އޮތޯރިޓީއާއި ހިއުމަން ރައިޓްސް އޮފް ދި މޯލްޑިވްސްގެ އިތުރުން ޓުވަރިޒަމް މިނީސްޓުރިން މިހާރުން މިހާރަށް މަސައްކަތް ފެށުމަށް އަޅުގަނޑުމެން ގޮވާލަމެވެ.








Comments