ޕެނަލްޓީ އެހީގައި ރާއްޖެ ސީރިޔާ އަތްދަށުވެއްޖެ
- Goal mv
- Jun 5, 2021
- 1 min read

އޭޝިއަން ކަޕް އަދި ވޯލްޑް ކަޕް ޖޮއިޓް ކޮލިފިކޭޝަންގައި ދިވެހިރާއްޖެ އާއި ސީރިއާ ވާދަކުރި މެޗު 4-0 ގެ ނަތީޖާއަކުން ސީރިއާ ކާމިޔާބު ކޮށްފިއެވެ.
މިމެޗަށް ރާއްޖެ ނިކުތް އިރު ރާއްޖޭގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ދަގަނޑޭއަށް ކޯވިޑް އަށް ފައްސިވުމުން މެޗުގައި ކޫލުމުގެ ފުރުސަތު ނުލިބުނެވެ.
މެޗުގައި ސީރިއާ އިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓާ ރާއްޖޭގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 28 ވަނަ މިނެޓުގައި، އަރިމަތިން ތައީރު ކުރޫމާ ދިން ބޯޅައަކުން މަހްމޫދު އަލްމަވާސް ވަނީ ސީރިއާއަށް ލީޑު ނަގާދީފައެވެ. މެޗުގެ 32 ވަނަ މިނެޓުގައި ރާއްޖޭގެ ކެޕްޓަން އަކޫ ކުރި ފައުލަކާއި ގުޅިގެން ސީރިއާ އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށް އައީސް އޮސްމާން ވަނީ 2-0 އަށް މެޗުގެ ނަތީޖާ އަނބުރާލާފައެވެ.
މީގެ އިތުރުން މެޗުގެ 44 ވަނަ މިނެޓުގައި، ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ރާއްޖޭގެ ޑިފެންޑަރު ސަމޫހުގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ވަނީ އިތުރު ޕެނަލްޓީއެއް ސީރިއާ އަށް ދީފައެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބު ކޮށްދިނީ، މަހްމޫދު އަލްމަވާސް އެވެ. މެޗުގައި ސީރިއާއިން ޖެހި 4 ވަނަ ލަނޑަކީ، މެޗުގެ 69 ވަނަ މިނެޓުގައި ކަމެލް މެއިޝޭހްއަށް ރާއްޖޭގެ ސައިފް ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއަކުން ސީރިއާއިން ކާމިޔާބު ކުރި ލަނޑެކެވެ. ސީރިއާގެ ޕެނަލްޓީ ކާމިޔާބުކޮށްދީ އަލްވަމާސް ވަނީ ހެޓްރިކް ހަދާފައެވެ.
މެޗުގައި ރާއްޖޭގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިފައި ނުވެއެވެ. އެގޮތުން ޑިފެންސް ލައިން އިން ގިނަ ގޯސްތަކެއް ހެދިތަން ވަނީ ފެނިގެން ގޮސްފައެވެ.
ސީރިއާއިން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުގައެވެ. އެޓީމުގެ މައުއާދު އަލް އަޖާންއަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު މެޗުގައި ރަތް ކާޑުވެސް ދައްކާފައެވެ.
ރާއްޖެއިން ދެން ނިކުންނާނީ މިމަހުގެ 11 ވަނަ ދުވަހު ޗައިނާއާއި ދެކޮޅަށެވެ.








Comments