ސްޓޭޑިއަމްއެއްގައި އަނޫޝްކާ ކަރަންޓީނު ވެގެން ހުރީކަން އެނގޭތަ؟
- ޙުސައިން އަޙުމަދު

- Jun 9, 2021
- 1 min read
Updated: Jun 17, 2021

ބޮލީވުޑްގެ މަޝްހޫރު ބަޠަލާ އަނޫޝްކާ ޝަރްމާ ކަރަަންޓީނުވެގެން ހުރީ ސްޓޭޑިއަމްއެއްގައި ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
އަނޫޝްކާގެ އިންސްޓަގްރާމް ފޮޓޯ ތަކަށް ބަލާލާއިރު، އޭނާ ވަނީ ސްޓޭޑިއަމްގައި ހުރެ ނަގާފައިވާ ފޮޓޯއެއްވެސް ޢާންމުކޮށްފައެވެ. މި ވަގުތު އިންޑިއާގެ ކްރިކެޓް ޓީމާއި އެކު އަނޫޝްކާ އޭނާގެ ފިރިމީހާ ވިރާތް ކޯލީ އަދި ދަރިފުޅު ވާމިކާ އާއި އެކު ވަނީ އިނގިރޭސިވިލާތަށް އެ ޤައުމުގައި އޮތް ޓެސްޓް ސީރީޒްގައި ބައިވެރިވުމަށް ދަތުރުކޮށްފައެވެ.
އަނޫޝްކާގެ ފޮޓޯގައި ސައުތް ހެމްޓަންގެ ދަނޑެއްގައި ހުރެ ވަނީ ’ކަރަންޓީން‘ ވާ ކަމަށްވެސް ޢާާންމުކޮށްފައެވެ. ބުދަ ދުވަހު އަނޫޝްކާ އަދި ވިރާތް ކޯލީ އިނގިރޭސިވިލާތަށް ދިޔުމަށް އެއަރޕޯޓަށް ގޮސް ހުރި ފޮޓޯ ތަކެއް ވެސް ވަނީ ޢާންމުވެފައެެވެ.








Comments