https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އީދު ޝޯ ދިނުމަށް ޝިފާ ހިތަދުއަށް ގެންދަން ބޭނުން ނުވި ކީއްވެ؟

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jul 11, 2022
  • 1 min read

ޓިކްޓޮކް ތަރި މަރިޔަމް ޝިފާ ލ. ހިތަދޫއަށް އީދު ޝޯ ދިނުމަށް ނުގެންދަން ނިންމައިފިއެވެ.


ހިތަދޫއަށް އީދު ޝޯ ދިނުމަށް ޝިފާ ނުގެންދަން ނިންމީ ޝިފާ އެއް ޖިންސުން ގުޅުން ހިންގާ މަންޒަރުތައް ފެންނަ ވީޑިއޯތައް އާންމުވެފައި ވާތީއެވެ.


ވައިގެ މަގުން ލ. ކައްދޫއަށް ދިއުމަށް ޓިކެޓު ނެގި ނަމަވެސް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެންދިއުމަށް ފަހު ޝިފާ ހިތަދޫއަށް ނާރުވަން ވަނީ ނިންމާފައެވެ.


މި އަހަރުގެ އަޟްހާ އީދާ ގުޅިގެން ޝިފާ ޝޯ ދިނުމަށް އެންމެ ފުރަތަމަ ދިޔައީ ކ. ދިއްފުއްޓަށެވެ. އެ ރަށަށް ޝިފާ ދިއުމުން، އެ ރަށުގެ ގިނަ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.


ދިއްފުއްޓަށް ޝިފާ ދިޔައީ މަޝްހޫރު ބޮޑުބެރު ގްރޫޕް "ބިދަބިން" ގްރޫޕާއެކުއެވެ. ޝިފާއާއެކުގައި ނެށުމުގެ ދާއިރާގައި އުޅޭ ބައެއް އަންހެނުން ވެސް ދިއްފުއްޓަށް ގޮސްފައިވެއެވެ. ރަށުގެ ބަނދަރު މަތިން އެ ޓީމަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.



ޝިފާގެ އަޑު މީގެ ދުވަސްކޮޅެއް ކުރިން ގަދަވީ، އޭނާ އާއި އިތުރު އަންހެނަކު ބައިވެރިވެގެން އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވާން ފެށުމުންނެވެ.

އެ ވީޑިއޯއާ ގުޅިގެން ޝިފާ ބުނީ، މީސް މީޑިއާގައި ދައުރު ވަނީ "ޑީޕް ފޭކް" އެޑިޓް ވީޑިއޯއެއް ކަމަށެވެ. އަދި އެއީ އޭނާގެ އަގުވައްޓާލަން ދުރާލާ ރާވައިގެން ކުރާކަމެއް ކަމަށް ޝިފާ ބުނެފައި ވެއެވެ.

ޝިފާ އެހެން ބުނި ފަހުން ވެސް އޭނާގެ އިތުރު ވީޑިއޯތަކެއް ލީކްވިއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page