https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ވިހަދަނޑީގެ ދުޅަ މަޑުކުރުމަށް އޯބަތުން ފަރުވާ ކުރެވިދާނެ

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Nov 17, 2021
  • 1 min read

އިހުގައި ތަފާތު ބަލިބައްޔަށް ފަރުވާ ކުރުމުގައި ދިވެހިބޭސް ކޮށް އުޅުނެވެ. އަދި މިހާރު ވެސް ކޮށް އުޅެއެވެ. ނަމަ ވެސް ޑަކްޓަރީ ބެސް ތަޢާރުފުވުމުން އަޅުގަނޑުމެންނަށް އިތުބާރު ކުރެވެނީ ޑަކްޓަރީ ބެހަށެވެ. ދިވެހިބޭހުން ޢަންމުކޮށް ހުރިހައި ބައްޔަކަށް ވެސް ބޭސްކުރެވެއެވެ.


މި ކިޔާދެނީ ދިވެހިބޭހުން ވިހަދަނޑީގެ ދުޅަ މަޑުކުރުމަށް ބޭނުން ދެވިދާނެ ފަރުވާއެވެ. މިއީ ފަސޭހައިން ތައްޔާރު ކުރެވޭނެ ބޭހެކެވެ.


ބޭނުންވާނެ ތަކެތި:

2 ގްރާމު އޯބަތް

2 ގްރާމު އަސަޅިޔާ

ރާހުތް


ތައްޔާރު ކުރާނެ ގޮތް:

އޯބަތާއި އަސަޅިޔާ އާއި ދެބައި އެއްކޮށް އޮލަކޮށް ހުންނަވަރަށް ރާހުތް ޖަހައިގެން ހިމޫންކޮށް ފުންޑާނީއެވެ.


ބޭސް ދޭންވީ ބަލި:

ވިހަދަނޑީގެ ދުޅަ މަޑުކުރުމަށެވެ.


ބޭނުން ކުރަންވީ ގޮތް:

ތުނި އުއި ފޮތީގައި ތުނިކޮށް ފަތުރާފައި ހިއްޕާނީއެވެ. 2 އިރު ރަނގަޅަށް އޮބި އަޅަން ވާނެއެވެ. ދުވާލަކު 1 ފަހަރު ބޭސް އަޅަން ވާނެއެވެ. މެދު ނުކެނޑި 1 ހަފްތާ ވަންދެން މި ބޭސް ބޭނުން ކުރެވިދާނެއެވެ.


ނޯޓް: މި ބޭހަކީ ބޭނުންކުރަން ވީމަ ދުވާލަކު 1 ފަހަރު ތައްޔާރު ކުރަންޖެހޭ ބޭހެކެވެ. މިއީ ވިހަދަނޑީގައި ފުރަތަމަ އަޅަން ޖެހޭ ބޭސްތަކުގެ ތެރެއިން ބޭހެކެވެ. ފުރަތަމަ ބޭސް އަޅަން ފެށުމާއެކު ”ރާފަނީގޯބިލި“ ދޭން ފަށަން ވާނެއެވެ. މި ބޭސް އަޅަން ބޭނުންވާ މުއްދަތަކަށް އެޅުމަށް ފަހު ދެން ”އަހިފަތުހަބަރު“ ވަށާނީއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page