ވޮންޑަ ވުމެންގެ 3 ވަނަ ބައިގެ މަސައްކަތް ފަށާއިފި
- މާހިރު މުޙައްމަދު
- Oct 20, 2021
- 1 min read

ދިވެހިންގެ މެދުގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ، ވޮންޑަ ވުމެންގެ 3 ވަނަ ބައެއް އުފައްދަން ފަށައިފިއެވެ.
ބެލުންތެރިންގެ ފަރާތުން ފިލްމަށް ލިބެމުން އަންން ތަރުހީބާއި ގުޅިގެން އެ ފިލްމުގެ އިތުރު ބައެއް ނެރުމަށް ނިންމާފައި ވާކަމަށާއި، މިހާރު ވެސް ފިލްމުގެ މަސައްކަތްތައް ފެށިފައި ވާކަމަށް ވޮންޑަ ވުމެން ފިލްމު ސިލްސިލާގެ ޑައިރެކްޓަރު ޕާޓީ ޖެންކިންސް ބުނެފިއެވެ.
ވޮންޑަ ވުމެންގެ 3 ވަނަ ބައިން ވެސް ފެނިގެންދާނީ، ގަލް ކަމަށާއި، މި ފިލްމުގެ ޝޫޓިިިންތައް ކުރިއަށް ގެންދާނީ، ގަލް އާއި މަޝްވަރާ ކުރުމަށް ފަހު ކަމަށްވެސް ޖެންކިންސް ވަނީ ބުނެފައެވެ.
މިކަން މި ގޮތައް ކުރަން ޖެހުނުސަބަބަކީ، ގަލް އަކީ 3 ކުދިންގެ މަންމައަކަށް ވުމުން ކަމަށް އޭނާ ބުނެފައެވެ.
މި ފިލްމުގެ 2 ވަނަ ބައި ރިލީޒް ކޮށްފައި ވަނީ، 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.








Comments