ފިލްމީތަރި ދޮން އައްޔައަށް ބައްޕަ ކިޔައިފި
- ޙުސައިން އަޙުމަދު

- Dec 7, 2021
- 1 min read

މަޝްހޫރު ފިލްމީތަރި ޢަލީ އާޒިމް (ދޮން އައްޔަ) ކުއްޖަކު ލިބިއްޖެއެވެ. ދޮން އައްޔަ ބައްޕައަކަށް ވީ މި މަހުގެ 05 ވަނަ ދުވަހުގެ ރޭއެވެ. އަދި އެ ދެމައިންގެ ހާލު ރަނގަޅު ކަމުގެ މަޢުލޫމާތު ވެސް ލިބެއެވެ. ދިވެހި ފިލްމީ އުދަރެހުގައި ފިޔަޖަހަމުން އަންނަ މަޝްހޫރު އެކްޓަރު ދޮން އައްޔަ އާއި ޖީނާ ކައިވެނި ކުރީ 06 އޮކްޓޫބަރު 2019ގައެވެ. ދިވެހި ގިނަ ފިލްމުތަކަކުން އަބަދުވެސް ފެންނަ ދޮން އައްޔައަށް 9 ވަނަ ދިވެހި ފިލްމް އެވޯޑްސްގައި ޖޫރީ ސުޕެޝަލް އައުޓްސްޓޭންޑިން ޕާފޯރމެންސް އެވޯޑް ލިބިފައިއެވެ.








Comments