https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ސަމާލުވޭ- ރާއްޖޭގައި ކޯވީޑަށް ވުރެ ނުރައްކާތެރި ރޯގާއެއް ފެތުރެމުން އެބަދޭ

  • Writer: Goal mv
    Goal mv
  • Jun 23, 2021
  • 1 min read


"ޓިކްޓޮކް" ގެ އަވައިގައި ޖެހި ދިވެހިން ދަނީ ގެއްލި ހަލާކުވަމުންނެވެ. ޒަމާނުންސުރެ، ދިވެހިންގެ ކާބަފައިން ހިފަހައްޓަމުން އައި ރިވެތި އަހުލާގުތައް ދަނީ ނެތި، ވެއްޔާ މޮޑެވެމުންނެވެ. ޒުވާނުންގެ މެދުގައި ހުރި އަހުލާގީ ސިފަތައް ނެތެމުންދާއިރު، މިކަންކަމާ އަޅާލާނެ، މިކަންކަން އިސްލާހު ކުރަން ކަމާ ބެހޭ ފަރާތްތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރުމުގެ ވާހަކަ ދަނީ ދެކެވެމުންނެވެ.


ނަތީޖާއެއްގެ ގޮތުން، މިފަދަ ކަންކަމުގައި މަސްއޫލުވެ އުޅޭ ދިވެހި ޒުވާނުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

އަނެއްކާވެސް މިއީ އެފަދަ ޒުވާނުންތަކެއްގެ ވާހަކައެވެ. ޓިކްޓޮކްގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ ކަންތައްތަކެއް ކުރަމުންދާ ބައެއްގެ ވާހަކައެވެ. ތަފާތު ނަންނަމުގައި ޓިކްޓޮކްގައި މި ފަދަ ފިރިހެނުން ދަނީ ވީޑިޔޯ އާއްމު ކުރަމުންނެވެ. އެވެސް އަންހެން ހެދުން އަޅައި މޭކަޕް ވެސް ކޮށްގެންނެވެ.

މި ޒުވާނުން، އެމީހުންގެ ޓިކްޓޮކް އެކައުންޓުގައި، ފަހަކަށް އައިސް އާއްމުކޮށްފައިވާ ހުރިހާ ވީޑިޔޯއަކީ ވެސް، ނިވާކަން ކުޑަކޮށް، އަންހެނުންގެ ހެދުން އަޅައިގެން ނަގާފައިވާ ވީޑިޔޯތަކެވެ.


ފިރިހެނުން އަންހެން ހެދުން އެޅުން، ދީނީ ނަޒަރަކުން

ފިރިހެނުން އަންހެނުންގެ ހެދުން އެޅުން އަދި އަންހެނުން ފިރިހެނުންގެ ހެދުން އެޅުމަކީ އެއް ވެސް ޝައްކެއް ނެތް މިންވަރަށް އެނގޭ ވަރަށް، މާތްވެގެންވާ އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ކަމެކެވެ.

އެއް ޖިންސު އަނެއް ޖިންސާ ވައްތަރުވެގަންނަކަމުގައި ވާ ނަމަ، އެފަރާތްތަކަށް ލައުނަތް ލެއްވިގެންވާ ކަމަށް، ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިޙި ވަސައްލަމް ހަދީޘް ކުރައްވާފައިވެއެވެ.

لَعَنَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏الرَّجُلَ يَلْبَسُ لِبْسَةَ الْمَرْأَةِ وَالْمَرْأَةَ تَلْبَسُ لِبْسَةَ الرَّجُلِ މާނަ: "އަންހެނުންގެ ހެދުންއަޅާ ފިރިހެނާއި، އަދި ފިރިހެނުންގެ ހެދުންއަޅާ އަންހެނާއަށް ލަޢްނަތް ހުރިކަމުގައި، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ"

أَنَّ النَّبِيَّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏ لَعَنَ الْمُتَشَبِّهِينَ مِنْ الرِّجَالِ بِالنِّسَاءِ وَلَعَنَ الْمُتَشَبِّهَاتِ مِنْ النِّسَاءِ بِالرِّجَالِ

ޙަދީޘުގެމާނަ: "އަންހެނުންނާ ވައްތަރުވެގަންނަ ފިރިހެނުނަނަށާއި، ފިރިހެނުންނާ ވައްތަރުވެގަންނަ އަންހެނުންނަށް، ލަޢްނަތް ހުރިކަމުގައި، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ"

ދީނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި އަންހެނުން ފިރިހެނުންނާ ވައްތަރުވުން އަދި ފިރިހެނުން އަންހެނުންނާ ވައްތަރުވުމުގެ ތެރޭގައި އެތައް ކަމެއް ހިމެނެއެވެ. އެގޮތުން، ވާހަކަ ދެއްކުމުގެ ގޮތްތަކާއި، ހަރަކާތްތައް ހުންނަ ގޮތްތަކާއި، ހިނގުމުގެ ވައްޓަފާޅިއާއި ހެދުން އެޅުން ހިމެނެއެވެ.

އެހެންކަމުން، ފިރިހެނުން އަންހެނުންނާ ވައްތަރުވެގެން އުޅޭ ކަންކަމަކީ ފިޔަވަޅު އަޅަން ޖެހޭ ކަންކަމެވެ. ސަރުކާރާއި ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން، މިކަންކަން ސީރިޔަސްކޮށް ބަލައި ފިޔަވަޅު އެޅުމަށް ގޮވާލަމެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page