ސައިނޮފާމް ވެކްސިންގެ 1 މިލިއަން ޑޯޒް ސްރީލަންކާއަށް ގެންގޮސްފި
- Goal mv
- Jun 7, 2021
- 1 min read

ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19 ބަލިމަޑުކަމުން ރައްކާތެރިވުމަށް ޗައިނާއިން އުފައްދާފައިވާ ސައިނޮފާމް ވެކްސިންގެ 1 މިލިއަން ޑޯޒް ސްރީލަންކާއަށް މިއަދު ގެންގޮސްފިއެވެ.
މިކަމާއި ގުޅިގެން، ލަންކާގައި ހުންނަ ޗައިނާގެ އެމްބަސީ އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ތާވަލާއި އެއްގޮތަށް ވަޢުދުވި 1 މިލިއަން ޑޯޒް ވެކްސިން ލަންކާއަށް ފޯރު ކޮށްދީފައިވާ ކަމަށެވެ. އަދި ޗައިނާ އަކީ ވަޢުދު ފުއްދާ ގައުމެއް ކަމަށް ވެެސް އެ ޓްވީޓުގައި ވަނީ ފާހަގަ ކޮށްފައެވެ.
އަދި މީގެ އިތުރުން، މި ލިބުނު ގިނަ އަދަދެއްގެ ވެކްސިނާއި އެކު، ލަންކާގެ ވެކްސިނޭޝަން ވީހާވެސް ބާރު ސްޕީޑެއްގައި ކުރިޔަށް ގެންދިޔުމަށް ވެސް އެޓްވީޓުގައި ވަނީ ގޮވާލާފައެވެ.
ކޯވިޑް-19 އިން ދިފާއު ވުމަށް މިހާތަނަށް ޗައިނާއިން ވަނީ 2 ވެކްސިނެއް އުފައްދާފައެވެ. އަދި މީގެ 2 ވެކްސިންވެސް މިހާރު ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެޕްރޫވް ކޮށްފައެވެ. ލަންކާގެ އިތުރުން، ގިނަ ގައުމުތަކަށް ވެސް ޗައިނާއިން ވަނީ އެހީތެރިކަން ފޯރު ކޮށްދީފައެވެ.
މީގެ ޗައިނާއިން ކުރިން ވަނީ ރާއްޖެއަށް ވެސް ވެކްސިން ހަދިޔާ ކުރިއެވެ.








Comments