ފަތުރުވެރިންނަށް އިންޑިޔާ ހުޅުވާލައިފި
- މާހިރު މުޙައްމަދު
- Oct 16, 2021
- 1 min read

އިންޑިއާގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުން އެގައުމު އަނެއްކާވެސް ފަތުރުވެރިންނަށް ހުޅުވާލައިފި އެވެ.
އެ ގައުމުގެ ބޯޑަރު ބަންދުކޮށްފައި ބޭއްވުމަށް ފަހު، އިންޑިއާއިން ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދުވުމާ ގުޅިގެން އެގައުމުން ދެމުންދާ ލުއިތަކުގެ ތެރެއިން، މިއަދު އިންޑިއާއިން ވަނީ ޗާޓަރު ފްލައިޓުތަކުގައި އެގައުމަށްދާ ފަތުރުވެރިންނަށް ޓުއަރިސްޓު ވިސާ ދޭން ފަށާފައެވެ. މީގެ އިތުރުން، ކޮމާޝަލް ފްލައިޓުތަކުގައި ދާ މީހުންނަށްވެސް އަންނަ މަހުގެ 15 އިން ފެށިގެން ޓުއަރިސްޓު ވިސާ ދިނުމަށް ވަނީ ނިންމާފައެވެ ކޮވިޑް-19ގެ ބަލިމަޑުކަމުގައި، އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ މީހުން މަރުވި ގައުމުކަމަށްވެސް ރިކޯޑު ކުރެވިފައިވަނީ އިންޑިޔާއެވެ. އިންޑިޔާގެ ސިއްހަތާ ބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު އެކަނިވެސް، ކޮވިޑް ބަލީގައި އެގައުމުން 6،148 މީހުން މަރުވިއެވެ. އިންޑިޔާގައި ކޮވިޑްގެ ވެކްސިން ދިނުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން، މިހާތަނަށް 242.7 މިލިއަން ޑޯޒް ޖަހައިދެވިއްޖެ ކަމަށް އިންޑިޔާ ސަރުކާރުން ބުނެ އެވެ. މީގެ އިތުރުން، ބިހާރް ސްޓޭޓުން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު، އެ ސްޓޭޓްގެ ސަރުކާރުން މިހާރު ވަނީ މުރާޖައާ ކޮށް ރަނގަޅު އަދަދު އާންމުކޮށްފަ އެވެ. ބިހާރް ސްޓޭޓްގެ ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި، އެ ސްޓޭޓުން ކޮވިޑްގައި މަރުވި މީހުންގެ ޖުމްލަ އަދަދަކީ 5،400 އެވެ. ނަމަވެސް މި އަހަރުގެ ޖޫން މަހު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ބިހާރުން ކޮވިޑްގައި މަރުވި މީހުންގެ 9،000 އަށް ވުރެ ގިނަ އެވެ. އިންޑިއާގެ ސަރުކާރުގެ ތަފާސްހިސާބުގައިވާ ގޮތުން އެގައުމުގެ ޖީޑީޕީގެ ހަތް ޕަސެންޓު ހިއްސާ ކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުންނެވެ. އަދި 2019 ވަނަ އަހަރު އެގައުމަށް 10.93 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރިއެވެ.








Comments