https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އަނިޔާވެރިގޮތަކަށް މަޖިލިސް މެންބަރަކު އަވަހާރަކޮށްލައިފި

  • މާހިރު މުޙައްމަދު
  • Oct 16, 2021
  • 1 min read

އަނިޔާވެރިގޮތަކަށް އިނގިރޭސިވިލާތުގެ މަޖިލިސް މެންބަރަކު އަވަހާރަކޮށްލައިފިއެވެ.


އަވަހާރަކޮށްލާފައިވަނީ އެގައުމުގެ ކޮންޒަރވޭޓިވް ޕާޓީއަށް ނިސްބަތްވާ 69 އަހަރުގެ ޑޭވިޑް އެމެސްކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އޭނާ އަވަހާރަކޮށްލާފައިވަނީ ކްރިސްޓިއަނުންގެ ފައްޅިއެއްގެ ތެރޭގައި ބައްދަލުވުމެއްގައި ހުއްނަވަނިކޮށް އެތައް ފަހަރެއްގެ މަތިން ވަޅި ހަރައި ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އޭނާއަށް އެމަރޖެންސީކޮށް ފަރުވާ ދީފައިވާކަމަށާއި، އެހެންނަމަވެސް އޭނާ އަވަހާރަވެފައިވާކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ. މި މައްސަލައާއި ގުޅިގެން 25 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ރިޕޯޓުތައް ބުނާގޮތުން ހަތިޔާރު އެޅި ފުލުހުން ވަނީ ވަރަށް ބާރަށް އެ ފައްޅީގެ ތެރެއަށް ވަދެފައެވެ. މި ހާދިސާ ހިންގާފައިވަނީ ކޮން މަގުސަދެއްގައި ކަމެއް މިހާތަނަށް އެނގިފައިނުވާކަމަށް ރިޕޯޓުތައް ބުނެއެވެ. އެމެސް އަވަހާރަވުމާއި ގުޅިގެން އިނގިރޭސިވިލާތުގެ މަޖިލިސް މެންބަރުން ގެންދަވަނީ ތައުޒިޔާ ވިދާޅުމުންނެވެ. އަދި އޭމެސްގެ ހަނދާނުގައި އެގައުމުގެ ބޮޑުވަޒީރުގެ އޮފީހުގައި ހުރި ދިދަ ވެސް ވަނީ ތިރިކޮށްފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page