އިންޑިއާގައި ހަމަނުޖެހުން ބޮޑުވެ ގިނަ ބަޔަކު މަރުވަނީ
- މާހިރު މުޙައްމަދު
- Oct 17, 2021
- 1 min read

އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އިތުރު 6 މީހުން މަރުވެއްޖެ އެވެ. ފާއިތުވި 2 ހަފުތާގައި ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް 28 މީހުން މަރުވެފައި ވެ އެވެ. މުސްލިމުންގެ މެޖޯރިޓީ ބޮޑު އިންޑިއާގެ ކަޝްމީރުގެ ހަނގުރާމަވެރިން ޕާކިސްތާނުގެ ދަށަށް ދާން ބޭނުންވެ، ހަމަލާދެމުންދާތާ 30 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
ދަ ރިޒިޒްޓަންސް ފްރަންޓްގެ 2 ހަނގުރާމަވެރިއަކު މަރާލީ ސްރީނަގަރްގައި މިދިޔަ ހޮނިހިރު ދުވަހު ކަމަށް ފުލުހުންގެ އިންސްޕެކްޓަރު ޖެނެރަލް ވިޖޭ ކުމާރް ވިދާޅުވިިިިިިިިިިއެވެ.
އޭގެ ތެރެއިން އެކަކަކީ ދަ ރިޒިޒްޓަންސް ފްރަންޓުގެ އިސް ކޮމާންޑަރު އުމަރު މުޝްތާގް ހާންޑޭ އެވެ. އޭގެ ފަހުން މަގުމަތީގައި އެއްޗެހި ވިއްކާ މީހަކާއި ލޭބާ މަސައްކަތް ކުރާ މީހެއްގެ ގަޔަށް ވެސް ބަޑި ޖަހައި މަރާލި އެވެ.
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކަޝްމީރު ފަޅިކުރަން ގާއިމްކޮށްފައިވާ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ކައިރީގައި ވެސް ހަމަލާ ބަދަލުކޮށް 2 ސިފައިންގެ މީހުން މަރުވި އެވެ. ފުލުހުން ބުނީ މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ހަނގުރާމަވެރި ގްރޫޕުތަކާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ 1،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަވާރަ ސަތޭކަ ސާޅީސް ހަތް ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާން މިނިވަންވުމާއެކު ދެ ގައުމުގެ މެދުގައި ކަޝްމީރު އޮންނަނީ ފަޅިކޮށްލާފަ އެވެ. ނަމަވެސް ދެ ގައުމުން ވެސް މުޅި އެ ސަރަހައްދަށް އެއްކޮށް ދައުވާ ކުރެ އެވެ.








Comments