ގަބުޅި ބޯކިބާ
- Goal mv
- Jun 9, 2021
- 1 min read

ބޭނުންވާނެ ތަކެތި:
1 ޖޯޑު ފުއް
2 ޖޯޑު ގަބުޅި
1½ ޖޯޑު ހަކުރު
3 މޭޒުމަތީ ސަމްސާ ފެން
2 މޭޒުމަތީ ސަމްސާ ފިނިފެން (ރޯސް ވޯޓާ)
ތައްޔާރުނެގޮތް:
އަވަން 300ޑިގްރީ އަށް ހޫނުކޮށްލާށެވެ. ބޯކިބާ ފިހަން ބޭނުންވާ ތަކެތި (ގަބުޅި ، ހަކުރު، ފުއްއަދި ފެންފޮދު) ތައްޓެއްގައި ރަނގަޅަށް އެއްކޮއްލާށެވެ. ބޯކިބާ ފިހާ ޓްރޭގައި ކުޑަ ތެޔޮކޮޅެއް ހާކާލާށެވެ. ބޯކިބާގެ ފުއްގަނޑު އެ ޓްރޭއަށް އަޅާލާފަ، ރީއްޗަށް ފަތުރާލާށެވެ. އަވަނުގެ މެދު ހަރުގައި އެ ޓްރޭ ބަހައްޓާފަ، 45 މިނެޓްވަންދެން ފިހެލާށެވެ.
ބޯކިބާފިހެވުމުން ބޯކިބަލުގެ މައްޗަށް މަޑުމުށިކުލަ އަރާނެއެވެ. ބޯކިބާ ފިހެވުމުން އަވަނުން ޓްރޭ ނަގައި މޭޒެއް މަތީ ހިހޫވަންދެން ދިހަވަރަކަށް މިނެޓު ބައްވާށެވެ.








Comments