މި އޮތީ ޖުވޭގެ ކަސްޓަރޑް ލީ ގަބުޅި ބޮނޑިބަރް
- މާހިރު މުޙައްމަދު
- Aug 20, 2021
- 1 min read

ބޭނުންވާ ތަކެތި: 3 ޖޯޑު ބައި ހަކުރު 8 ޖޯޑު ދިޔާ މިލްކް
2/1 ޖޯޑު ކޯންފްލަރ 7 ޖޯޑު ބައިޅަގަބުޅި ހުނި 1 ޖޯޑު ކަސްޓަރޑް ( ކުޑަ ޖޯޑެއް ގެ ) 1 މޭޭޒުމަތީ ސަމުސާ ވެނީލާ އެސެންސް ތައްޔާރު ކުރާނެ ގޮތް: ތެއްޔެއް އުނދުން މައްޗަށް އުދާލާށެވެ. ހަކުރުކޮޅު އަޅާފައި ހިތިރަހަ ނުދޭވަރަށް ބްރައުންކޮށްލާށެވެ. މަޑު ގިނީގައި ހުނިކޮޅު އެއްކޮށްފައި ހުނިކޮޅު ކެރެމަލް ކޮށްލާށެވެ. ކިރުގައި ކަސްޓަރޑާއި ކޯން ފްލަރ ގިރާފައި އެއްކޮށްލާށެވެ. ދޭފަތުން ހަލަމުންދާށެވެ.ރޯފިލުމުން އެސެންސް އެއްކޮށް ފައި ގެރިކިރު އެއްކޮށްފައި އުނދުންމަތިން ބާލާށެވެ. ފިނިކޮށްގެން ވަރަށް މީރުވާނެ!








Comments