ޒުވާންކޮށް ހުރުމަށް ބޯންވީ ކެރެޓް ޖޫސް
- މާހިރު މުޙައްމަދު
- Jun 19, 2021
- 1 min read
ކެރެޓްޖޫހަކީ އެތައްފައިދާއެއް ހަށިގަނޑަށް ލިބޭފައި ދޭ ބުއިމެކެވެ. ކެރެޓަކީ ފަސޭހައިން ލިބެން ހުންނަ ތަރުކާރީގެ ބާވަތެކެވެ. އާދަކޮށް ބޭނުން ކުރުމަށް ރަނގަޅު މި ބުއިމަކީ ޞިއްޙަތަށް ވެސް އެހާމެ ގިނަ ފައިދާ ލިއްބައިދޭ މީރު ބުއިމެކެވެ. ބޭނުންވާ ތަކެތި:ްޔާރުކޮށްފައި ބެހެއްޓުމުން ރަހައަށް ބަދަލު އާދެއެވެ. އެހެން ވުމުން މިޖޫސް އެންމެ ރަނގަޅީ ވަގުތުން ތައްޔާރުކޮށްގެން ބޭނުން ކުރުމެވެ.
އެންޓިއެކްސިޑެންޓުން މުއްސަނދިވެފައިވާ ކެރެޓް ޖޫހަކި ކޮލެސްޓުރޯލް ލެވެލް ދަށްކޮށްދޭ، ހަށިގަނޑުގައި ހެދޭ ފާރުތައް އަވަހަށް ފަސޭހަ ކޮށްދޭ ބުއިމެކެވެ. ކެރެޓް ޖޫސް ބުއިމުން ކެންސަރު ޖެހުމުން ރައްކާތެރިކޮށްދީ، ލިވާ ސާފުކޮށްދެއެވެ. އަދި ކަށްޓާއި މަހުގެ ދުޅަހެޔޮކަން އިތުރު ކުރުމަށް ކެރެޓު ޖޫސް ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. ގަވާއިދުން ޕީރިއަޑު ނުވާ މައްސަލައަށް ހައްލު ހޯދައިދިނުމަށް ވެސް ކެރެޓް ޖޫސް އެހީތެރިވެދެއެވެ.
ބަރުދަން ލުއިކޮށްދިނުމާއި، މީހާގެ ޒުވާންކަން ހިފަހައްޓައިދިނުމާއި، ކޮލެސްޓްރޯލް ދައްކުމަށް ވެސް ބޯންވީ ހަމަ ކެރެޓް ޖޫހެވެ. ކެރެޓު ޖޫސް ތައްޔާރު ކޮށްލުމަކީ ވަރަށް ފަސޭހަ ކަމަކަށް ވާ އިރު ކެރެޓް ޖޫސް ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެއްޗާއި ތައްޔާރުކުރާނެގޮތް މިހާ ހިސާބުން ކިޔާލަ ދޭނަމެވެ. ބޭނުންވާ ތަކެތި: 3 ކެރެޓް 1 އިންޗި އިގުރު 1 ޖޯޑް ކެއްކިފެން ލޮބޯ ޖޫސް ( ބޭނުންނަމަ ) ތައްޔާރުކުރާނެގޮތް: ފެންފޮދާއި، ކެރެޓާއި، އިނގުރުކޮޅު ވެސް މިކްސަރަށް އަޅާ ހިމުންވަންދެން މުގުރާލާށެވެ. އެއަށް ފަހު ރަހަ މީރު ކޮށްލުމަށް ބޭނުން ނަމަ ލޮބޯ ޖޫސް އެއްކުރެވިދާނެއެވެ.
ކޮންމެ ދުވަހެއްގެ ހެނދުނާއި ރޭގަނޑު ކެރެޓް ޖޫސް ބޭނުންކުރުން ރަނގަޅުވާނެއެވެ. ނޯޓް: މި ޖޫސް ތައްޔާރުކޮށްފައި ބެހެއްޓުމުން ރަހައަށް ބަދަލު އާދެއެވެ. އެހެން ވުމުން މިޖޫސް އެންމެ ރަނގަޅީ ވަގުތުން ތައްޔާރުކޮށްގެން ބޭނުން ކުރުމެވެ.











Comments