އައްޑޫ ހަވާދުލީ އަވަސް ބިރިޔާނީ
- މާހިރު މުޙައްމަދު
- Aug 15, 2021
- 1 min read

ބޭނުންވާ ތަކެތި: ތެޔޮ ހަނާކޮށްފައި ލޮނު ކޮޅެއް ރީނދޫ ކޮޅެއް 1 ޖޯޑު ކެޖޫނަޓް 4 ހިކަނދިފަތް 1 ޗިކަން ކިއުބް 2 ޖޯޑުކާށި ބޯކިރު 8 ބިސް ފެނުކެއްކި 4 ދަޅު ޓޮމާޓޯ ޕޭސްޓް 2 ކެޕްސިކަމް ކޮށާފައި 2 ޓޮމާޓޯ ފަޅި ފަޅިކޮށްފައި 1 ޖޯޑު ހިކިމޭބިސް ކަދުރު 4 ލޮނުމެދު ޗިސްކޮށްފަހުރި 2 ސައި ސަމުސާ މުގުރި ދިރި 1 ސައި ސަމުސާ މުގުރި އަސޭމިރުސް 1 ޖޯޑު ހަނާކުރި ހަވާދު ފުނޑާފައި ހުރި 700ގ. .ފިޔާ ތުނިކޮށް ކޮށާފައި ހުރި 1 ގިތެޔޮމިރުސް ހިމުންކޮށް ކޮށާފައި ހުރި 2 މޭޒުމަތީ ސަމުސާ ހިކި މިރުސް ތަޅާފައި ހުރި 1 ސައިސަމުސާބައި މުގުރި ފޮނިތޮށި ކާފޫރުތޮޅި 1 ސައިސަމުސާ ބައި އިނގުރު ޗިސްކޮށްފައި ހުރި 9 ރާނބާފަތް ކޮޅު ބައި އިންޗިއަށް ބުރި ބުރި ކޮށްފައި ހުރި 1 ޖޯޑު ބައި ހިކިމޭބިސްކަދުރު ،ކެޖޫނަޓް ،ފިޔާ ތިންބައި 500.ގ ބާސްމަތީ ރައިސްގެ ބަތް ރާނބާފަތްކޮޅަކާއި ރީނދޫ ކޮޅެއް ލައިގެން ކައްކާފައި ހުރި 1 ކުކުޅު ބޮޑެތިކޮށް ކޮށްފައި ހުރި އަސޭމިރުސް ލޮނު ރީނދޫކޮޅެއް ލާ މޮޑެފައި 20 މިނިޓްވަންދެން ބަހައްޓާފައި ތައްޔާރު ކުރާނެ ގޮތް:
ހަނޑޫ ދޮވެފައި ކުލަހިފާވަރަށް ރީނދޫކޮޅަކާއި ލޮނުކޮޅެއްލާފައި ކައްކާ ފައި ބަހައްޓާށެވެ. ތަވާ އުނދުން މައްޗަށް އުދާއި ތަވަޔަށް ތެޔޮފޮދެއް އަޅައި ގިތެޔޮކޮޅު ވެސް ލާށެވެ. ހޫނުވުމުން ފިޔާ ރާނބާ ، ކުޑަ ރީނދޫ ކޮޅެއް ވެސް ލާފައި މިރުސް ހިކަނދިފަތް ،އަޅާލާފައި ފިޔާކޮޅު މޯޅިވީމާ ލޮނުމެދު އިނގުރު މިރުސް ކިއުބް ވެސް އަޅާލާށެވެ. ދެން ޗިކަންކޮޅުވަކިން އެތެރެ މަޑުކޮށް ބޭރު މަޑު ކޮށް ހުންނަވަރަށް ތެލުލާފައި އެބައި ވެސް އެއްކޮށްލާށެވެ. ރިހަޔަށް ބޭނުންވާ ތަކެތި އަޅާފައި މަޑުގިނީގައި ކައްކާށެވެ. ކާށި ކިރު ވެސް އެއްކޮށް ލާށެވެ. ކެކި ރޯފިލުމުން އުނދުންމަތިން ބާލާށެވެ. އެބައި ބަތާއި އެއްކޮށްފައި މަތީގައި ބިސްއަތުރާފައި މައްޗަށް ހަނާކުރި ބައި ފަތުރާލާށެވެ.








Comments