https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ދީޕިކާގެ ފަރާތުން ސަލްމާނަށް ކައިވެނި ހުށަހެޅުމެއް ދިން ޖަވާބު އެނގޭތަ؟

  • މާހިރު މުޙައްމަދު
  • Jun 9, 2021
  • 1 min read


ބޮލީވުޑުގެ ސްޕަރސްޓަރ ސަލްމާން ޚާނަކީ އުމުރުން 55 އަހަރު ފުރުނުއިރުވެސް ހުސްހަށި ބަޔަށް ހުރި ފިރިހެނެކެވެ. ސަލްމާނަށް އެތައް ބައެއްގެ ފަރާތުން ވެސް ކައިވެނީގެ ހުށަހެޅުންތައް ލިބެމުން ދިޔަ ނަމަވެސް ސަލްމާން ދަނީ ކައިވެންޏަށް ނޫނެކޭ ބުނަމުންނެވެ.


ސަލްމާނަށް ކައިވެނީގެ ހުށަހެޅުންތައް ހުށަހެޅި މީހުންގެ ތެރެއިން އެކަކީ ބޮލީވުޑުގެ ބަތަލާ ދީޕިކާ ޕާޑުކޯންއެވެ. 2015 ވަނަ އަހަރު ބިގްބޮސް ރިއަލިޓީ ޝޯގައި ދީޕިކާ ވަނީ ސަލްމާނަށް ކައިވެނީގެ ހުށަހެޅުން ހުށަހަޅާފައެވެ.

2015 ވަނަ އަަހަރު ދީޕިކާ ކުޅުނު ފިލުމު ''ތަމާޝާ'' ގެ ޕްރޮމޯޝަންގައި ސަލްމާން ޚާަންގެ ބިގްބޮސް ޝޯގައި ބައިވެރިވެ ދީޕިކާ ވަނީ ސަލްމާނަށް ސަޕްރައިޒެއް ދީފައެވެ.

މަލެއް ހިފައިގެން ކަކޫ މައްޗަށް ތިރިވެ، ސަލްމާންއާއި ކައިވެނި ކުރަން ބޭނުންވާ ކަމަށާއި ދީޕިކާއާއި ކައިވެނި ކޮށްފާނަންތޯ ދީޕިކާ ވަނީ އަހާަފައެވެ. ދީޕިކާގެ މި ހަރަކާތުން ސަލްމާން ފެށީ ހޭށެއެވެ.

އަދި ދީޕިކާއަށް ޖަވާބުދެމުން ސަލްމާން ބުނެފައިވަނީ ކޮންމެ މީހަކު އޭނާއަށް ކައިވެނީގެ ހުށަހެޅުން ހުށަހެޅި ނަމަވެސް އޭނާ އެކަން ގަބޫލު ނުކުރާނެ ކަމަށާއި ކައިވެނި ނުކުރާނެ ކަމަށެވެ.

ދީޕިކާއާއި ސަލްމާން ޚާން މިހާތަނަށް އެކުގައި އެއްވެސް ފިލުމެއް ކުޅެފައި ނުވެއެވެ. އެހެންކަމުން މިއީ އެކުގައި ފެނިދާނެ ކަމަށް ބެލެވޭ އޮންސްކްރީން ދެ ބައިވެރިންނެވެ. އަދި އެކުގައި ފެނުމަށް ގިނަ ބަޔަކު ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރާ ދެ ފަންނާނުންނެވެ.

ނަމަވެސް ދީޕިކާ ވަނީ ސަލްމާން ޚާން ކުޅުނު ފިލުމެއް ކަމަށްވާ ''މެއި އޮރް މިސިސް ކަންނާ'' ފިލުމުގައި ހާއްސަ ފެނިލުމަކުން ފެނިފައެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page