ދަރިންގެ ހިތުގައި އިންދަންޖެހޭ އެންމެ މާތް އޮށަކީ ކޮބާ؟
- Goal mv
- Jun 7, 2021
- 1 min read

އިލްމުންގެ ގަހަނާ އެޅިގެންވާ ރަނގަޅު ޖީލެއް ބިނާކުރުމަށް ދަރިންގެ ހިތްތަކުގައި އިންދަންޖެހޭ އެންމެ މާތް އޮށަކީ ކިޔުމަށް ލޯބި ޖައްސުމެވެ.
ގިނައިން ކިޔަވަންޖެހޭ އެއްޗަކީ ކީރިތި ޤްރުޢާނެވެ. އަދި އެންމެ ފުރަތަމަ އުނގެނެން ޖެހޭ ފޮތަކީ ވެސް ކީރިތި ޤްރުޢާން ފޮތެވެ. އެ ފޮތް ކިޔެވުމުން ލިބޭ ސަވާބުގެ މަތިވެރިވެގެންވެއެވެ.
ޤްރުޢާން ކިޔަވާމީހާއަށް ގިނަ ގުނަ ސަވާބު ލިބޭ އިރު އެ ފޮތް ހިތުދަސްކުރާ މީހާއަށް ލިބޭ ސަވާބު މާ މަތިވެރިއެވެ. ޤްރުޢާނުގައި އޮތީ ތިންލައްކަ ވިހިހާސް ފަނަރަ އަކުރު ކަމަށް ވާ އިރު މުޅި ގުރުއާން ހަތިމުކުރާ މީހާއަށް ތިންމިލިއަން ދެލައްކަ އެއްސަތޭކަ ފަންސާސް ސަވާބު ލިބެއެވެ. ޤްރުޢާނުން އަކުރެއް ކިޔެވި ނަމަ ވެސް 10 ސަވާބު ލިބޭނެއެވެ. ޤްރުޢާން ހިތުދަސް ކުރުމަކީ މަތިވެރި ނިއުމަތެކެވެ.
ޤްރުޢާނަށް ފުރަގަސްދޭ މީހާގެ ގަދަރު ވެއްޓިގެންދާނެ ކަމަށްވެއެވެ. ޤްރުޢާން ކިޔަވާކުދިންނަކީ ވިސްނުންތޫނު ބަސްކޮށާރު މުއްސަނދި ކުދިންނަށް ވާނެއެވެ.
މައިންބަފައިން، ދަރިންނާއެކު ޤްރުޢާން ކިޔެވުމުގައި ވަގުތު ހޭދަކުރުމުން ދަރިންގެ ހިތްތަކުގައި ޤްރުޢާން ކިޔެވުމަށް އޮންނަ ޝައުގު ބޮޑުވެގެން ދާނެ ކަމާއިމެދަކު ޝައްކެއް ނެތެވެ. ވީ ހިނދު މައިންބަފައިން، ދަރިންނާއެކު ޤްރުޢާން ކިޔެވުމުގައި ވަގުތު ހޭދަކުރުން ގިނަކުރާށެވެ.








Comments