https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ރާއްޖޭގައި ކްރިސްޓިއަން ދީން ފަތުރަން އުޅޭތީ ފިޔަވަޅު އަޅަނީ

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Nov 21, 2021
  • 1 min read


ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގައި ކްރިސްޓިއަން ދީން ފަތުރަން އުޅޭ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ، އެކަން ހުއްޓުވަން ފިޔަވަޅު އަޅަން މަސައްކަތް ކުރާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.


ފޭސްބުކްގައި ކްރިސްޓިއަން ދީނާ ބެހޭ މައުލޫމާތު ދީ، އެ ދީން ރާއްޖޭގައި ފަތުރަން ކޮށްފައިވާ ޕޯސްޓަކާ ގުޅިގެން މީޑިއާ އިން ސުވާލު ކުރުމުން ފުލުހުން ބުނީ އެކަމާ ގުޅިގެން ފިޔަވަޅު އަޅަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.


"މިކަން ފުލުހުންގެ ސަމާލުކަމަށް ވަނީ އައިސްފައި. އަދި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ކުރަން ޖެހޭ މަސައްކަތް ދަނީ ކުރަމުން،" ފުލުހުންގެ މެސެޖުގައިވެއެވެ.


ފުލުހުންގެ ސަމާލުކަމަށް އައި ޕޯސްޓުގައި ވަނީ ކްރިސްޓިއަން ދީނާ ގުޅޭ ކުރެހުމަކާއެކު، އެ ދީނުގެ މައުލޫމާތު ދޭ ވެބްސައިޓެއްގެ ލިންކު ހިމަނައިފައެވެ.


ރާއްޖޭގައި ކްރިސްޓިއަން ދީން ފެތުރުމަށް ދިވެހި އަޑު އަޅައިގެން ކްރިސްޓިއަން ދީނާ ގުޅޭ ބައެއް ވީޑިއޯތަކާއި ލިޔުންތައް ސޯޝަލް މީޑިއާގައި ދައުރު ކުރެއެވެ. އަދި މިފަދަ ޕޯސްޓުތައް ހުންނަނީ ގިނަ ބަޔަކަށް ފެންނާނެހެން ފައިސާ ދައްކައިގެން ސްޕޮންސަރު ކޮށްފައެވެ.







 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page