https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މެންބަރު ޙަސަން ލަޠީފް ގޮވައިލެއްވުމާއި ގުޅިގެން ސަލަފްގެ ރައީސްގެ ކަންބޮޑުވުން

  • މާހިރު މުޙައްމަދު
  • Nov 16, 2021
  • 1 min read

ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގަން ބޭރުމީހުންނަށް ދޫކޮށްލުމަކީ ރާއްޖޭގެ އިޖުތިމާޢީ ފޭރާން ވީދިދާނެކަމެއް ކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.


ޝައިޚް ޢަބްދުﷲ މިހެން ވިދާޅުވީ، ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގަން ބޭރުމީހުންނަށް ދޫކޮށްލަން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާރޕާރސަން ޙަސަން ލަޠީފް ގޮވައިލެއްވުމާއި ގުޅިގެންނެވެ. ”އަޅުގަނޑުމެންނަށް ކުރަން ދަތިކަންކަން، ކުރަން ނޭނގޭ ކަންކަން އަދި ކުރަން އުނދަގޫ ކަންކަން ކުރަނީ އަބަދުވެސް ބޭރުގެ ފަރާތްތަކުގެ އެހީީގަ. އަޅުގަނޑު މި ދަންނަވާ އެހީއަކީ ބޭރުގެ ފަރާތްތަކުން މި ތަނުގައި ރީހެބް ސެންޓަރުތައް ހިންގުމުގެ ވާހަކަ. އެކްސްޕާޓެއް ގެނެސްގެން އޭނަގެ އެހީ ހޯދާ ވާހަކައެއް ނޫން.“ ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ލަޠީފް ވިދާޅުވިއެވެ. މި ގޮތުން ޝައިޚް ޢަބްދުﷲ ވިދާޅުވީ ރީހެބްތައް ބޭރު މީހުންނަށް ދޫކޮށްލުމީ ރާއްޖޭގެ އިޖުތިމާޢީ ފޭރާން ވީދިދާނެ ކަމެއް ކަމަށެވެ. އަދި ހަމައެހެންމެ ރާއްޖޭގައި ވެސް އެ ތަން ހިންގައި ބެލެހެއްޓުމުގެ ގާބިލްކަން އެބަހުރިކަމަށް ޝައިިޚް ޢަބްދުﷲ ވިދާޅުވިއެވެ. ”ޖަމްޢިއްޔަތުއްސަލަފުން ވެސް ވާނީ އެކަމުގެ ޝައުގުވެރިކަން ފާޅުކޮށްފައި.“ ޝައިިޚް ޢަބްދުﷲ ވިދާޅުވިއެވެ. މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަ ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމަށްޓަކައި މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) އިން ފަރުވާދޭ މަރުކަޒުތައް ޤާއިމުކޮށް ޚިދުމަތް ދިނުމުގެ ފުރުސަަތު އަމިއްލަ ފަރާތްތަކަށް ލިބިދީފައިވެއެވެ. މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަ ހުންނަ މީހުންނަށް ފަރުވާދިނުމަށް ރިހެބިލިޓޭޝަން ސެންޓަރެއް ނުވަތަ ޑިޓޮކްސިފިކޭޝަން ސެންޓަރެއް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް، ނޭޝަނަލް ޑްރަގް އޭޖެންސީ(އެންޑީއޭ) އިން އެ ފުރުސަތު ހުޅުވައިލީ، މިދިޔަ މާޗު 31 ގައެވެ. އެ ގޮތުން ޚިޔާރުކުރާ ރަށެއްގައި ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމުކޮށް ހިންގުން ނުވަތަ އެ އެޖެންސީއިން މިހާރު ހިންގަމުންދާ ސެންޓަރުތަކުގެ ތެރެއިން ސެންޓަރެއް ހިންގަން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލިއެވެ. އެންޑީއޭއިން ހިންގާ ސެންޓަރުތައް: ކ.ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު. ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސް. ފުވައްމުލަކު ސިޓީގައި ހުންނަ ޑްރަގް ޓްރީޓްމެންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރު. ސ.ހިތަދޫގައި ހުންނަ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު. ގދ.ތިނަދޫގައި ހުންނަ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު. ހދ.ހަނިމާދޫގައި ހުންނަ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު. ޖަމްޢިއްޔަތުއްސަލަފުން މިކަމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވީ ނަމަވެސް، އެއްވެސް އަމިއްލަ ފަރާތްތަކަށް ރިހެބު ހިންގަން އަދި ހަވާލެއް ނުކުރެއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page