އުކުޅަހު ކްރިސްމަސް ފާހަގަކުރަމުންދަނިކޮށް ފުލުހުން އެކަން ހުއްޓުވައިފި
- މާހިރު މުޙައްމަދު
- Dec 7, 2021
- 1 min read

އއ. އުކުޅަހު ރަންތަރި ގެސްޓްހައުސެއްގައި ކްރިސްމަސް ފާހަގަކުރަމުންދަނިކޮށް އާންމު ރައްޔިތުންނާއި ފުލުހުން ނުކުމެ އެކަން ހުއްޓުވައިފިއެވެ.
އެ ގެސްޓްހައުސްގައި ހުރި ކްރިސްމަސް ގަސް ނުނަގައިގެން އެރަށުގެ އާންމު ރައްޔިތުން ވަނީ އެ ގެސްޓްހައުސް ހުންނަ ސަރަހައްދަށް އެއްވެ އިހުތިޖާޖުކޮށްފައެވެ.
އުކުޅަހު ގެސްޓްހައުސެއްގައި ކްރިސްމަސް ފާހަގަކުރަމުންދާކަމުގެ މައުލޫމާތެއް ލިބިފައިވާތީ އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ހަމަކުރެއެވެ.
މަޢުލޫމާތު ލިބޭގޮތުގައި އެ ގެސްޓްހައުސްގައި ހުރި ކްރިސްމަސް ގަސް ފުލުހުން މިހާރު ވަނީ އެ ގެސްޓްހައުސްގެ ގުދަނަށް ވައްދައިފައެވެ.
މިރޭ އުކުޅަހު ގެސްޓްހައުސެއްގައި ކްރިސްމަސް ފާހަގަކުރި މައްސަލައެއް އެންމަތިވެފައިވާ އިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކ. މާފުށީ ކާނި ބީޗް ގެސްޓްހައުސް ބޭރުގައި ކްރިސްމަސް ގަހެއް ބެހެއްޓި މައްސަލައެއް ވެސް ވަނީ ބޮޑުވެފައެވެ. އެ ކްރިސްމަސް ގަސް ފުލުހުން ނަގާފައި ވަނީ ކޯޓު އަމުރެއްގެ ދަށުންކަން ފާހަގަކުރަމެވެ.
ކްރިސްމަސް ފަދަ ހަރަކާތްތައް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކުރިއަށް ގެންދިއުމަކީ ދިވެހިރާއްޖޭގެ ޤާނޫނުން މަނާ ކަމެކެވެ.








Comments