ދީނުގެ ހަދީސްފުޅުތައް ރާއްޖެއަށް ފަތުރައިލީ ނަޝީދު- ބޮންޑެ
- Goal mv
- Jun 20, 2021
- 1 min read
ކީރިތި ރަސޫލާގެ ހަދީސްފުޅުތައް ދިވެހި ތަރުޖަމާއާ އެކު ރާއްޖެއަށް ފަތުރައިލުމުގެ މުގުލުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު(ބޮންޑެ) ވިދާޅުވެއްޖެެއެވެ.
ބޮންޑެ މިއަދު ވިދާޅުވި ގޮތުގައި ރާއްޖޭގައި ތިއްބެވި ޢިލްމުވެރިން ކުރިން ތިއްބެވީ ހަދީސްތައް ޢާންމުކުރެއްވިޔަ ނުދެއްވާ، އަމިއްލަ ފައިދާއަށް ބޭނުންކުރައްވާ ތަދު އެއްޗަކަށް ހައްދަވައިގެންނެވެ.
އެ ގޮތަށް ތިއްބަވަނިކޮށް ކީރިތި ރަސޫލާގެ ހަދީސްފުޅުތައް ދިވެހި ތަރުޖަމާއާ އެކު ރާއްޖެއަށް ފަތުރައިލުމުގެ މުގުލުގައި ހުންނެވީ ރައީސް ނަޝީދުކަމަށް ބޮންޑެ ވިދާޅުވިއެވެ.
ބޮންޑެ އިއްޔެ ވެސް ވަނީ މި ރޮނގުން ވާހަކަދައްކަވައިފައެވެ. އޭނާ އިއްޔެ ވިދާޅުވީ ކީރިތި ރަސޫލާގެ ހަދީސްފުޅުގެ ދިވެހި ތަރުޖަމާ ނެރެދެއްވައި، އަމިއްލަ އަތްޕުޅުން ރައްޔިތުންނަށް ހަދީސް ފޮތް ބެއްސެވި ދެވަނަ ރައީސެއް، ރައީސް ނަޝީދު ފިޔަވައި މިހާތަނަށް ދިވެހި ތާރީޚުން ފެންނާކަށްނެތް ކަމަށެވެ.
ބޮންޑެ މިހެން ވިދާޅުވީ އައްޝައިޚް ޙުސައިން ރަޝީދު ތަރުޖަމާކުރެެއްވި ޞަޙީޙު މުސްލިމުގެ ދިވެހި ތަރުޖަމާގެ ފޮތްތަކަށް ޢިޝާރަތްކުރައްވައެވެ. އޭނާ ތަރުޖަމާކުރެއްވި ފޮތްތައް ނެރެދެއްވީ ރައީސް ނަޝީދެވެ.











Comments