https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ފަލޫދާ

  • މާހިރު މުޙައްމަދު
  • Jun 7, 2021
  • 1 min read


ބޭނުންވާ ތަކެތި:

½ ޖޯޑު ރޯޒް ސިރަޕް 2 މޭޒުމަތީ ސަމުސާ އިސްބަގުލު 500 ގްރާމް ވެނީލާ އައިސްކްރީމް 2 ޖޯޑު ފެން (ރޯޒް ސިރަޕް ގިރުމަށް) ½ ޖޯޑު ފެން (އިސްބަގުލު ފޯކުރުމަށް) ½ ސައިސަމުސާ ވެނީލާ އެސެންސް ¾ ޖޯޑު ގެރިކިރު (އަހަރުމެން ބޭނުން ކުރީ ޑަބަލް ޕީޗް) 10 މޭޒުމަތީ ސަމުސާ ކުދިކޮށް ކޮށާފައި ހުރި ސްޓްރޯބެރީ ޖެލީ


ތައްޔާރުކުރާނޭގޮތް:

ފުރަތަމަ ގެރިކިރާއި ފެނާއި ރޯޒް ސިރަޕާއި ވެނީލާ އެސެންސްކޮޅު އެއްކޮށްލުމަށް ފަހު އެ ފްރިޖަށްލައި ދެތިން ގަޑިއިރެއް ހާ އިރު ފިނިކުރަން ބަހައްޓާށެވެ.

ބައިޖޯޑު ފެނަށް އިސްބަގުލުކޮޅު އަޅާލައި 30 މިނެޓުވަރު ފޯކުރަން ބަހައްޓާށެވެ.

ފަލޫދާ ތައްޔާރުކުރަންވީމާ ފުރަތަމަ ބިއްލޫރިތަށީގެ ތެރެއަށް އަޅާނީ ½ 1 މޭޒުމަތީ ސަމުސާ ފޯކުރި އިސްބަގުލެވެ. ދެން 5 މޭޒުމަތީ ސަމުސާ ޖެލީއެވެ.

ދެން ފްރިޖަށްލި ރޯޒް ސިރަޕް ގަނޑުގެ ½ 1 ޖޯޑު ބިއްލޫރި ތަށްޓަށް އަޅައި ގިރާލުމަށް ފަހު މަޑުމަޑުން އައިސްކްރީމްކޮޅު ތަށްޓަށް ލާށެވެ. ތަންތަނުގައި އައިސްކްރީމް ނަގައި ތަށިތަށްޓަށް އަޅަން ގެންގުޅޭ ބާވަތުގެ އެއްޗެއް ގޭގައި ނެތްނަމަ މޭޒުމަތީ ސަމުސަލެއް މިކަމަށް ބޭނުން ކުރެވިދާނެއެވެ. އަހަރުމެންވެސް ބޭނުން ކުރީ މޭޒުމަތީ ސަމުސަލެކެވެ. އަދި އެޅީ ތަށްޓަކަށް 3 މޭޒުމަތީ ސަމުސަލުގެ އައިސްކްރީމެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page