ފައިސާތަކެއްގެ މައްސަލަގައި ގާންދީގެ މުނިކާފަ ދަރި ޖަލަށް
- ޙުސައިން އަޙުމަދު

- Jun 9, 2021
- 1 min read
Updated: Jun 17, 2021

މަހާތުމާ ގާންދީގެ މުނިކާފަ ދަރިއެއް ކަމަށްވާ، އަޝިޝް ލަތާ ރަމްގޯބިން 7 އަހަރު ދުވަހަށް ޖަލަށް ލުމަށް ސައުތް އެފްރިކާގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.
އިންޑިޔާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ޖަލަށް ލާން ހުކުމް ކޮށްފައިވަނީ 6 މިލިއަން ރޭންޑް (ސައުތް އެފްރިކާގެ ރަސްމީ ފައިސާ)ގެ ވައްކަމާއި ފޯރޖަރީގެ މައްސަލާގައެވެ. އޭނާގެ މައްޗަށް ދައުވާ ކޮށްފައިވަނީ ނިއު އެފްރިކާއަށް ނިސްބަތްވާ ވިޔަފާރިވެރިއެއް ކަމަށްވާ އެސްއާރް މަހަރާޖްއާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ސަބަބުންނެވެ.
މަހަރާޖް ދައުވާ ކުރި ގޮތުގައި ލަތާ ވަނީ އޭނާއަށް ދޮގު ޕާރޗޭސް އޯޑަރުތަކާއި، އންވޮއިސެސް އަދ ޑެލިވަރީ ނޯޓްސް ތަކެއް ދައްކައިގެން 6 މިލިއަންގެ ލޯނެއް އޭނާގެ އަތުން ނަގާފައެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން 2015 ވަނަ އަހަރު ފެށިފައިވީނަމަވެސް، އޭރު ލަތާވަނީ 50،000 ރޭންޑް ދެއްކުމަށްފަހު ބެއިލްވެފައެވެ. ލަތާ ވަނީ އޭނާއަކީ ތިމާވެށީގެ މައްސަލަތަކަށާއި، މުޖުތަމައު، އަދި ސިޔާސީގޮތުން ހަރަކާތްތެރިވާ މީހެއްގެ ގޮތުގައި ބުނެފައެވެ.
އަދި އޭނާގެ މައިންބަފައިންނަށް ވެސް ވަނީ މުޅި ދުނިޔެއިން އެމީހުންކުރާ މަސައްކަތަށް ސަމާލުކަން ލިބިފައެވެ. އަދި އޭނާގެ މަންމަ އެލާ ގާންދީއަށްވަނީ ގަވަރމަންޓް އޮފް އންޑިޔާއިން ޕަދްމަ ބުޝާންގެ ލަގަބު ވެސް ލިބިފައެވެ.








Comments