https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މާލީ ހާލަތު މިއަށްވުރެ ރަނގަޅުވާ ދުވަހަކުން އިތުރު ކުއްޖެއް ހޯދަން ނުވިސްނާނަން- ރިޝްމީ

  • މާހިރު މުޙައްމަދު
  • Jun 20, 2021
  • 1 min read


އިތުރު ކުއްޖަކު ހޯދަން ޚިޔާލު ނުކުރާކަމަށް މަޝްހޫރު ބަތަލާ އާއިޝަތު ރިޝްމީ ބުނެފިއެވެ.


ރިޝްމީ މިހެން ބުނެފައި ވަނީ އޭނާގެ ފޭނުން އޭނާއާ ކުރިމަތި ކުރުވި ސުވާލު ތަކަކަށް ޖަވާބު ދެމުންނެވެ. އެގޮތުން، ރިޝްމީ ކުއްޖަކު ހޯދަން ޕްލޭން ކުރަންތޯ، ނުވަތަ ދުވަހަކުވެސް އިތުރު ކުއްޖެއް ހޯދަން ވިސްނަންތޯ ރިޝްމީގެ ސަޕޯޓަރެއް އަހާފައި ވެއެވެ.


އެއަށް ދިން ޖަވާބެއްގެ ގޮތުން ރިޝްމީ ބުނެފައި ވަނީ، އޭނާ މަސައްކަތް ކުރަނީ ލިބިފަ ހުރި ދަރިފުޅު ރަނގަޅަށް ބެލޭތޯ ކަމަށެވެ. އަދި ރަވީ އާ ދެމީހުންގެ ތިން ކުދިން އެބަ ތިބި ކަމަށާއި، އެކުދިން ރަނގަޅަށް ބަލައި އެކުދިންނަށް ރަނގަޅުގޮތެއް ހޯދައި ދެވޭތޯ މަސައްކަތްކުރާކަމަށް ރިޝްމީ ބުނެފައި ވެއެވެ.


ރަވީގެ ކުރީގެ ކައިވެންޏަށް ލިބިފައިވާ ދެ ކުދިންނާއި ރިޝްމީގެ ކުރީގެ ކައިވެންޏަށް ލިބިފައިވާ ދަރިފުޅާއެކު ރިޝްމީއާއި ރަވީ އެކުގައި ވަގުތު ހޭދަ ކުރެއެވެ. ރިޝްމީ ‘ތިންކުދިން’ މާނަ ކުރަނީ އެކުދިންނަށްކަން ރިޝްމީގެ ސަޕޯޓަރުންނަށް އެނގޭނެއެވެ.


މީގެ އިތުރުން، ރިޝްމީ ބުނެފައި ވަނީ، އާމްދަނީ ލިބެނީ ވަރަށް މަސައްކަތް ކޮށްގެން ކިރިޔާ އުޅެވޭވަރަށް ކަމަށެވެ. ރާއްޖޭގައި ފިލްމީ ދާއިރާގައި މަސައްކަތް ކުރުމަކީ، މީހުން ހީވާހާ ބޮޑު އާމްދަނީއެއް ލިބޭ ކަމެއް ނޫން ކަން ފާހަގަ ކުރަމުން ރިޝްމީ ބުނެފައިވަނީ، އިތުރު ކުއްޖެއް ހޯދަން ޚިޔާލު ނުކުރަނީ އެ ސަބަބާ ހެދި ކަމަށެވެ.


"މާލީ ހާލަތު މިއަށްވުރެ ރަނގަޅުވާ ދުވަހަކުން (އިތުރު ކުއްޖެއް ހޯދަން) ނުވިސްނާނަމެކޭ ނުބުނާނަން" ރިޝްމީ ބުނެފައި ވެއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page