މިއީ ދުނިޔޭގެ އެންމެ ކޯ ބޮޑު މީހާ ކަމަށް ދައުވާކުރާ އަންހެނެއް
- ޙުސައިން އަޙުމަދު

- Jun 24, 2021
- 1 min read

މިއީ ދުނިޔޭގެ އެންމެ ކޯ ބޮޑު އަންހެން މީހާ ކަމަށް އަމިއްލައަށް ދައުވާ ކުރާ މީހެކެވެ. އެނަސްތޭސިއާ ނަމަކަށް ކިޔާ އެ އަންހެން މީހާއަކީ ޔުކްރެއިނަށް ނިސްބަތްވާ އަންހެނެކެވެ. އަދި އޭނާއަށް މީޑިއާތަކުގެ ސަމާލުކަން ލިބިފައިވަނީ، އާދަޔާ ޚިލާފަށް މޫނުގެ ބައްޓަން ބަދަލުކޮށްފައި ހުރުމުންނެވެ.
އެނެސްތޭސިއާއަށް އެ ސިފަ ލިބުނީ ކޮސްމެޓިކް ސާޖަރީ ހަދައިގެންނެވެ. އޭގެ ކުރިން އޭނާގެ މޫނުމަތި ހުރީ އާދައިގެ މީހެއްގެ ގޮތަށެވެ. އެކަމަކު އޭނާއަށް އަމިއްލަ ޤުދުރަތީ ސިފަ ކަމުނުގޮސްގެން، ސާޖަރީ ކުރަން ނިންމީ ކަމަށް ބުންޏެވެ. އެގޮތުން މޫނަށް ކަށިކޮއްޕައިގެން "ފިލާރސް" ގެ އެހީގައި ދެކޯ ބޮޑުކޮށް، ތުންފަތް ވެސް ހުރީ އާދަޔާ ޚިލާފަށް ބޮޑުކޮށްފައެވެ. އޭގެ އިތުރުން ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް ވަނީ އާޓިފިޝަލް ބަދަލު ގެނެސްފައެވެ.

32 އަހަރުގެ އެނެސްތޭސިއާއަށް މީސްމީޑިއާގައި ފޮލޯކުރާ މީހުންގެ އަދަދު 2 ލައްކައަށްވުރެ ގިނައެވެ. ދާދިފަހުން ނޫހަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ، އޭނާގެ ސިފަ މިހާރު ހުރި ގޮތާމެދު ވެސް އެއްކޮށް ހިތްހަމަނުޖެހޭ ކަމަށެވެ. އެހެންކަމުން، އަދިވެސް ފިލާރސް ބޭނުންކުރަމުންދާނެ ކަމަށް ވަނީ ބުނެފައެވެ. އެނެސްތޭސިއާ ބުނީ އޭނާގެ ސިފައަށް ވަރަށް ގިނަ މީހުންގެ މަލާމަތް ލިބުނު ކަމުގައި ވިޔަސް، ފަރުވާލެއް ނެތް ކަމަށެވެ.








Comments