https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މިއީ ދުނިޔޭގައި ކަދުރު އުފައްދާ އެންމެ ބޮޑު، ޑުބާއީގެ އަލް ބަރަކާ ޑޭޓްސް ފެކްޓަރީ

  • މާހިރު މުޙައްމަދު
  • Oct 1, 2021
  • 0 min read

ކަދުރަކީ ސައުދީ ޢަރަބިޔާ ފަދަ ޢަރަބި ޤައުމުތަކުން ލިބޭއެއްތަކަށް ވާއިރު ކަދުރު އުފައްދާ އެންމެ ބޮޑު ފެކްޓަރީ ހުންނީ ޢަރަބި ޤައުމެެެެެެެެެެއްގައެވެ.


ދުނިޔޭގައި ކަދުރު އުފައްދާ އެންމެ ބޮޑު ފެކްޓަރީގެ ލަގަބު ލިބިފައި ވަނީ ޑުބާއީގެ ފެކްޓަރީ އަލް ބަރަކާ ޑޭޓްސްއަށެވެ.



އަހަރެއްގެ މައްޗަށް 100،000 ޓަނުގެ ކަދުރު އުފައްދާ އިރު އެ ފެކްޓަރީން އުފައްދާ ކަދުރުގެ އަދަދު 2 ގުނަ އިތުރު ކުރުމަށް ނިންމުމާއެކު ދުނިޔޭގެ ކަދުރު އުފައްދާ އެންމެ ބޮޑު ފެކްޓަރީ އަކަށް އަލް ބަރަކާ ޑޭޓްސް ވެގެންދާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.


އަލް ބަރަކާ ޑޭޓްސް އިން ބުނީ އެ ކުންފުނި އިތުރަށް ބޮޑުކުރުމާއެކު ކަދުރު ރުއް ހެއްދުމަށް 6 ލައްކަ އަކަފޫޓުގެ ޖާގަ ލިބިގެން ދާނެ ކަމަށާއި 420،000 އަކަފޫޓުގެ ސަރަހައްދު މުހިންމު ބޭނުންތަކަށް ކަދުރު އުފެއްދޭނެ ގޮތް ހަދާ އިރު އެ ތަންތަނުގެ މަސައްކަތް 2022 އަހަރު ނިމޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.



ކަދުރު އުފެއްދުމުގެ ކަންކަން ކުރުމަށް އެ ކުންފުނިން ބޮޑު ކުރާ ސަރަހައްދުގައި 6،500 ސޯލާ ޕެނަލް ބަހައްޓާނެ ކަމަށް ވަނީ ނިންމާފައެވެ.


ކަދުރުން ލިބޭ ޞިއްޙީ ފައިދާތައް މީހުންނަށް އެނގި ގިނަ މީހުން ކަދުރު ކެއުމަށް ބޭނުންވެ ކަދުރަށް އޮންނަ ޑިމާންޑާއެކު ކަދުރު އުފައްދާ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ކަމަށް އަލް ބަރަކާ ޑޭޓްސް އިން ބުނެއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page