https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

13 ކެމެރާ ނުހިމަނާ އައިފޯން-13 ތައާރަފްކޮށްފި

  • މާހިރު މުޙައްމަދު
  • Sep 15, 2021
  • 0 min read

ބަލާލަން ޗާލު، ގެންގުޅެން އެފަދަ ދެވަނައެއް ނެތް ކަމަށް އެޕަލް އިން ބުނީ މޮޅު އައިފޯން-13 ތައާރަފްކޮށްފިއެވެ.


އައިފޯން-12 އާއި އަޅައި ބަލާއިރު އައިފޯން-13 އިން ބަލާބެލުމަށް މާބޮޑު ބަދަލެއް ނުފެންނާނެއެވެ.


އައިއޯއެސް-15 ހިމެނޭ އައިފޯން-13 އަކީ ވެސް 5ޖީ ފޯނެކެވެ. އައިފޯން-13 ގައި ކެމެރާ ވަރުގަދަކުރަން ވެސް އޭ-15 ޗިޕުގައި ވަނީ ހާއްސަ ސިފަތަކެއް ހިމަނާފައެވެ. ކުރިއަށް ވުރެ ބޮޑަށް ކެމެރާގެ ސެންސާއަށް އަލި އެޅޭނެ ގޮތް ހަދާފައިވާ ކަމަށް އެޕަލް އިން ބުނެއެވެ.


ރޭ ނެރެފައި ވަނީ މިހާތަނަށް ބެޓެރީ އެންމެ ގިނަ އިރު ހިފަހައްޓާ އައިފޯނެވެ. އެންމެ ފަހުގެ ޕްރޯ މެކްސްއަށް ވުރެ ދޮޅު ގަޑިއިރު އިތުރަށް އައިފޯން-13 ގައި ބެޓެރީ ހިފަހައްޓާނެ ކަމަށް އެޕަލް އިން ހާމަކުރެއެވެ.


އައިފޯން-13ގެ 4 މޮޑެލްއެއް ރޭ ވަނީ ނެރެފައެވެ. އެއީ އައިފޯން-13 މިނީ އާއި އައިފޯން-13 އާއި އައިފޯން-13 ޕްރޯ އަދި އައިފޯން-13 ޕްރޯ މެކްސްއެވެ.


ހުކުރު ދުވަހުން ފެށިގެން މި ފޯނުތައް ޕްރީ އޯޑަރަށް ހުޅުވާލާނެއެވެ. މި މަހު 24 ގައި ފޯނުތައް ބާޒާރަށް ނެރޭނެ އެވެ. މި ފޯނުތަކުގެ ސްޓޮރޭޖް އެއް ޓެރަބައިޓާ ހިސާބަށް ލިބެ އެވެ. އެއީ 128 ޖީބީ، 256 ޖީބީ، 512 ޖީބީ އަދި 1 ޓެރަބައިޓެވެ.


އައިފޯން-13ގެ އިތުރުން ވެސް ރޭ އެޕަލްގެ އިތުރު ބައެއް އުފެއްދުންތައް ތައާރަފް ވަނި ކޮށްފައެވެ. އޭގެ ތެރެއިން ވެސް ފާހަގަ ކޮށްލެވޭ އުފެއްދުންތަކުގެ ތެރޭގައި އައިޕެޑާއި އައިޕެޑް މިނީ އަދި އެޕަލް ވޮޗް ސީރީސް-7 ވެސް ހިމެނެއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page