ތިއުޅެނީ ނުހިކިގެންތަ؟ މި އޮތީ ނަތީޖާ ފެންނަ ޚާއްޞަ ޑައިޓެއް!
- މާހިރު މުޙައްމަދު
- Sep 13, 2021
- 1 min read

މިޑައިޓަށް ކަންނެތް މީހުންނަށް ޚާއްޞަ ޑައިޓެކޭ ބުނަން މި ޖެހުނީ މި ޑައިޓް ތައްޔާރުކުރުމަށާއި، ބޭނުންކުރުމަށް ފަސޭހަކަމުންނެވެ. ބޭނުންވަނީ ފޮނިތޮށިކޮޅަކާއި ، މާމުއި ފޮދެކެވެ. ދެން އިތުރު އެއްޗެއް ހޯދާނެކަމެއްނެތެވެ. އަނެއްކޮޅުން މިޑައިޓް ބޭނުން ކުރާއިރު ކެއުމަކަށް މާބޮޑު ބަދަލެއް ގެނެސް ކަސްރަތު ކޮށް ބަނޑުހައިކަން މަތީ މުޅިދުވާލު ހުންނާކަށްވެސް ނުޖެހެއެވެ. މިއީ ހަމައެކަނި ސަރުބީ ވިރުވައިދޭ އެއްޗެކެވެ. ނަމަވެސް ބައެއްމީހުންނަށް ގޭސްޓްރިކް މައްސަލަތަކަށް ފަރުވާއަކަށް ވެސް އެވެ. އަދި އެހެން ބައެއް ޑައިޓްތައް ފަދައިން ކޮންމެހެން ބޮޑު ލިސްޓެއް ލިޔެގެން ގިނަސާމާނުތަކެއް ގަންނަން ފިހާރަތަކަށް ނުދުވިޔަސް ދެތިންދުވަހުގެ ތެރޭގައި މީގެ އިފެކްޓް އަންނާނެއެވެ. މި ފަސޭހަ ޑައިޓް ކުރިއަށް ގެންދާނެގޮތް ތިރީގައި އެވަނީއެވެ. މިއީ ފާޑެއްގެ ސަރުބަތެކެވެ. ރަހަވެސް މާނުބައެއް ނުވާނެއެވެ. މި ސަރުބަތު ހެނދުނާއި ، ރޭގަނޑު ކޮންމެދުވަހަކުވެސް ބޯންވާނެއެވެ. ދެއިރު އެކަކު ބޯން އެންމެ އެކަށީގެންވާ މިންވަރަކީ 4/1 ލިޓަރ ( 250ml ) ފެން ހުންނަވަރުގެ މިންވަރެވެ. މަތީގައި ބަޔާންކުރެވުނުމިންވަރަށް ފެން ހޫނު ކުރާށެވެ. ރަގަޅަށް ބޮކި ޖަހަން ފެށުމުން މުގުރިފޮނިތޮށި ( 1 ސައިސަމްސާ ) ފެން ފޮދުގެ ތެރެއަށް އަޅާށެވެ. ކުޑައިރުކޮޅެއްވަންދެން އުނދުންމަތީގައި ފެންއެތި ބެހެއްޓުމަށްފަހު ރަގަޅަށް ފެނުގެ ތެރެއަށް ފޮނިތޮށިކޮޅު ގިރާލާށެވެ. ދެން އިހޫވަންދެން ބަހައްޓާށެވެ. ރަގަޅަށް އިހޫވީމާ 2 ސަމުސާ މާމުއި އޭގެ ތެރެއަށް އަޅާށެވެ. އަނެއްކާވެސް ރަގަޅަށް މިކްސް ކުރާށެވެ. މާމުއި އަޅަންވާނީ ރަގަޅަށް ފެންފޮދު އިހޫވީމައެވެ. ކުޑަކޮށް ތާފަނާކޮށް ހުއްޓަސް މާމުއި ފެނުގެ ތެރެއަށް ނާޅައްޗެވެ.
ދެން މިހާރު އެހުރީ ސަރުބަތު ތައްޔާރު ކުރެވިފައެވެ. ނިދަން އޮށޯންނަމުން ސަރުބަތު އެތީގެ އެއްބައި ބޯލާށެވެ. އަދި ހެނދުނު ހޭލުމަށްފަހު ހުސްގޮހޮރާ ހުރެގެން އަނެއްބައި ބޯލާށެވެ. ސަރުބަތު ތައްޔާރުކުރުމުގައި ތައްޔާރުކުރާނީ ކޮންމެ ފަހަރަކުވެސް ދެ އިރަށް ވާވަރަށެވެ. މިއީ ގެރެންޓީ އެއްޗެކެވެ. މި ސަރުބަތު ބަރާބަރަށް ބޯކަމަށްވަންޏާ އެންމެ ލަސްވެގެން 3 ދުވަސް ތެރޭގައި މީގެ އިފެކްޓް އަންނަންފަށާނެއެވެ. ހަށިގަނޑު ލުއިވަމުން އަންނަކަމުގެ އިޙްސާސް ކުރެވެން ފަށާނެއެވެ. އަޖުމަ ބަލައިލާށެވެ.








Comments