https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މަރުގެ މަލާއިކަތާ ފެނުނަސް އެދުވަހު ކުރެވޭނެ ކަމެއް ނޯންނާނެ

  • Writer: ޙުސައިން އަޙުމަދު
    ޙުސައިން އަޙުމަދު
  • Jun 9, 2021
  • 2 min read

Updated: Jun 17, 2021



މަރުގެ މަލާއިކަތާ ”މަލަކުލް މައުތް“ ތިބާގެ މަރު ހިއްޕަވަން ވަޑައިގަންނަވާނީ ކޮން ވަގުތަކު ކަމެއް އެއްވެސް މީހަކަށް ނޭންގެއެވެ. ތިބާ ދުނިޔަށް އުފަން ވުމުގެ ކުރިން، އެބަހީ މަންމަގެ ރަހިމުތެރޭގައި ވަނިކޮށް ތިބާގެ އަޖަލު ލިޔުއްވާ ކަނޑައަޅާފައި ވާއިރު، މިއީ އެއްވެސް އިންސާނަކަށް އެނެގޭނެ ކަމެއް ނޫނެވެ.


ވިސްނާލާށެވެ. ތިބާގެ އަޖަލު ހަމަވެގެން ތިބާގެ މަރު ހިއްޕަވަލް މަރުގެ މަލާއިކަތާ ވަޑައިގަންނަވާއިރު، އެވަގުތު ތިބާގެ ލޮލަށް މަރުގެ މަލާއިކަތާ ފެނެއެވެ. މަލާއިކަތާ ވިދާޅުވާ ބަސްފުޅުތަކުގެ އަޑު ވެސް އިވެއެވެ. ނަމަވެސް އެއްވެސް މީހަކަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ.


ކިތަންމެ ބަޔަކު ކައިރީގައި ތިބިނަމަވެސް ލޮލަށް ފެނުނު ނަމަވެސް އެއިން އެއްވެސް ވާހަކައެއް އެމީހެއްގެ ގާތުގައި ބުނެލުމުގެ ފުރުޞަތުވެސް ނުލިބެއެވެ. އެންމެ ކުޑަމިނުން ދުލުން ބަހެއް ބުނެލާ ދޫ ހަރަކާތްކޮށްލުމުގެ އިޚްތިޔާރުވެސް ތިބާއަށް ނުލިބެއެވެ.


އެ ވަގުތު އެބަހީ މަރުހިއްޕަވަން މަލަކުލް މައުތް ވަޑައިގަންނަވާ ވަގުތު އެމީހާގެ ހުރިހާ ބާރުތަކެއް ކެނޑިގެންދެއެވެ. މަރު ހިއްޕަވަން މަރުގެ މަލާއިކަތާ ވަޑައިގެން ހުންނަވާއިރު، މަރުވާ މީހާއަށް އެވަގުތު މަލާއިކަތާ ފެންނާނެއެވެ. މުޅި ކައުނު ފުރުއްވާލައްވަވާފައި ވަނިކޮށެވެ. މަރުގެ މަލާއިކަތާ ހުންނަވާނީ ހުދު ހެދުނަކޮޅެއްގައެވެ. އެއީ ދުނިޔޭގައި އިންސާނާ އާއި ބައްދަލުވާނެ އެމީހާއަށް އެންމެ ކަންބޮޑުވާންޖެހޭނެ ވަގުތެވެ. އެވަގުތު ތިބާއަށް އެ މަލާއިކަތާ ބުނާ ބަސްތަކުގެ އަޑު ރަނގަޅަށް އިވެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ލޮލަށް ފެނި އަޑު އިވޭ އެއްވެސް ކަމެއްގެ ވާހަކަ އެވަގުތަކު ނުދެއްކޭނެއެވެ.


ދެން އެ އިންސާނާ ހިނަވައި ކަފުންކޮށް ކަށުނަމާދުކޮށް ވަޅުލުމުން އަނެއް މަރުހަލާގެ ކަންތައްތައް ފެށިގެން މިދެއެވެ.


ހިނަވާ ކަފުންކޮށް ވަޅުކޮނެ ވަޅުލާ އިރަށް މައްޔިތާ ބިންގަނޑު އެމީހަކު ފިއްތައިލާނެއެވެ. އެފަރާތުގައި ހުންނަ ކަށިތައް އަނެއް ފަރާތުން ނުކުންނަހައި ބާރުމިނުގައި ފިއްތާލާނެއެވެ. މިގޮތަށް ފިއްތައިލެވޭނީ ކިތައް ފަހަރުކަން ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ރަސޫލް (ޞޢވ)ގެ ޙަދިޘްފުޅުތަކުން އެނގެން އޮތް ގޮތުގައި މިއީ މިކަން ހިނގާނެ ގޮތްކަން ކަށަވަރެވެ. އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.


މި ކަން މިގޮތަށް ހިނގުމަށްފަހު ދެން ފެށޭނީ ކައްވަޅުގައި ސުވާލުކުރުމެވެ. އޭ އަހުރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނެވެ. ﷲ އަށް ބިރުވެތިވާށެވެ. ވިޔާނުދާ އުޅުމާއި ގުޅުންތަށް ދޫކޮށް ﷲ ގެ މަގަށް ރުޖޫޢަ ވާށެވެ.


ވިސްނާށެވެ! ތިބާ ދަންނަ އެންމެ ގާތް ރައްޓެހިން އަދި އާއިލާ މީހުން ކުއްލި ގޮތަކަށް މަރުވެގެން ދާތަން ތިބާގެ ލޮލަށް ފެންނަނީ ކިތައްފަހަރު ތޯއެވެ. ދުނިޔެމަތީގައި މަރުގެ ޚަބަރު ތިބާއަށް ލިބެނީ ކިތައް ފަހަރު ހެއްޔެވެ؟


މިއަދު ނޫނީ މާދަމާ ބޭއްވޭނީ ޚުދު ތިމާގެ ޖަނާޒާ ނޫންކަމެއްވެސް ނޭންގެ އެވެ. ޓީވީ ތަކުންނާއި މީސްމީޑިއާގައި ކަށުނަމާދަށް ގޮވާ ޕޯސްޓް ޖަހާނީ ތިބާގެ ކަމަށްވެސް ވެދާނެއެވެ. ވިސްނާބަލާށެވެ. ދެން އޮންނާނީ ތިބާގެ ޖަނާޒާ ނޫންކަން އެނގެނީވެސް ފަހެ ކިހިނަކުން ހެއްޔެވެ؟ މަރަށް ތައްޔާރުވާން މިޖެހެނީ އެ ސަބަބަށްޓަކައެވެ. ޢާއިލާގެ އެންމެންނާއި ހުރިހާ އެކުވެރިން ދޫކޮށް ތިމާ އެކަނި ކައްވަޅަށް ދާންޖެހޭނެ ވަގުތަށެވެ.


ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. އަހަރެމެންގެ ތެރެއިން ގިނަ ބައަކަށް އަދިވެސް މިކަމަށް ސަމާލުކަމެއް ނުދެވެއެވެ. ތިބެނީ ދުނިޔެވީ ކަންކަމުގައި ޣާފިލްވެ ގެއްލިފައިވާ ހާލުގައެވެ. ދުނިޔެ ބައްކުރުމުގައިއެވެ. ކުޅިވަރާއި އުފަލާައި މަޖަލުގައެވެ. ދެން އެހެން ދުނިޔެއެއް ނެތްކަމަށް ވިސްނިގެންނެވެ.


އެހެން ކަމުން މަރަށް ވާންޖެހޭ ތައްޔާރީތަކެއް ނުވެވެއެވެ. އަޅުގަނޑުމެންގެ ތެރެއިން މައުވެދާ ގިނަ މީހުންނާއި މަރު އައިސް ބައްދަލު ކުރައްވަވަނީ އެކަމަށް ތައްޔާރު ނުވެ ޣާފިލް ކަމުގެ ނިދީގައި ހުއްޓައެވެ.


ކުރިން ބަޔާންކުރި ފަދައިން މަރުގެ މަލާއިކަތާ ތިބާއާއި ހަމައަށް ވަޑައިގަތުމަށްފަހު ތިބާގެ ލޮލަށް ފެނުނަސް، އަދި މަލާއިކަތާގެ ބަސް ތިބާއަށް އަޑުއިވުނަސް ކުރެވޭނެ އެއްވެސް ކަމެއް ނުވާއިރު، އެންމެ ކުޑަމިނުން ދުލުން ޝަހާދަތް ކިޔައިލުމުގެ ފުރުޞަތުވެސް ނުލިބެއެވެ. އެހެން ނަމަވެސް މި ފަނާވަނިވި ދުނިޔޭގައި އުޚުރަވީ ހަޔާތަށް ތައްޔާރުވެގެން ހުންނަ މީހަކު ފިޔަވައެވެ. އެފަދަ މީހުންނަށް، އެބަހީ މަރަށް ތައްޔާރުވެގެން ހުންނަ މީހަކަށް އެފަދަ ވަގުތުގައިވެސް ދުލުން ޝަހާދަޔް ކިޔާލުމުގެ ފުރުސަތުލިބިގެން ދެއެވެ.


ވީމާ އާޚިރަތް އެދޭ މީހާ ހަޔާތުގައި އެންމެ އިސްކަމަކަށް މަރަށް ތައްޔާރުވުން ހަދާށެވެ. ދިރިއުޅުމުގައި އެންމެ އިސްކަމެއްގެ ގޮތުގައި މަރައް ތައްޔާރުވުން ހަދާށެވެ. އެހެނީ އެއަށްވުރެ މުހިންމު އެއްވެސް ކުރިމަތިނުވާނެއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page