https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

މޯނީ ރޯއީ އަށް ޖޯކު ޖަހަނީ ކީއްވެކަން އެނގޭ ހެއްޔެވެ؟

  • މާހިރު މުޙައްމަދު
  • Jun 20, 2021
  • 1 min read


ބޮލީވުޑްގެ ބަތަލާ މޯނީ ރޯއީ މާ ގިނައިން ޔޫއޭއީގެ ޑުބާއީއަށް ދާތި އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަންނާނުން ޖޯކު ޖަހަން ފަށައިފި އެވެ.


މިދިޔަ އަހަރެއްހާ ދުވަސް ތެރޭގައި މޯނީ ގިނައިން އުޅުނީ ދުބާއީގައި ކަމަށާއި ފިލްމެއްގެ މަސައްކަތަކުން އަވަދިވެ ދެ ދުވަހެއް ވަރު ލިބުނަސް މީގެ ކުރިން ދުބާއީއަށް ދާ ކަމަށް އިންދިޔާގެ މީޑިޔާ ރިޕޯޓުތައް ބުނެއެވެ.


އޭގެ ސަބަބަކަށް ވަނީ އޭނާގެ ލޯބިވެރިޔާ ސޫރަޖް ނަމްބިއާ ޑުބާއީގައި ދިރިއުޅުތީ ކަމަށެވެ. އެ ދެ މީހުން އުޅެނީ ވަރަށް އަވަހަށް ކައިވެނި ކުރަން ކަމަށްއެވެ.


މޯނީ ގިނައިން ޑުބާއީގައި މިފަހަކަށް އައިސް ދިރިއުޅޭތި ޖޯކު ޖަހާ މީހުން ބުނަނީ އިންޑިއާ ލޮކްޑައުންގައި އޮތީމައި ދިރިއުޅުން ރަނގަޅު ވާނީ ވެސް ޑުބާއީ ކަހަލަ ތަނެއްކަމަށެވެ. އެއީ ޑުބާއީގައި ލޮކްޑައުން ނެތުމުން ހިތް ހަމަޖެހިލައިގެން ދެ މީހުންނަށް އާންމު ތަންތަނުގައި މަޖާކޮށްލަން އުޅެވޭނެތީ ކަމަށް ބުނެއެވެ.


އަދި ބައެއް ފަންނާނުން ވަނީ މިހާރު މޯނީ ހޯދަން ނުވަތަ ބައްދަލު ކުރަން ބޭނުން ނަމަ ޖެހޭނީ ޑުބާއީއަށް ދާން ވިސާ ޖަހަން ކަމަށް ބުނެފަައިއެވެ.




ރިޕޯޓުތައް ބުނާގޮތުގައި މޯނީ މި ވަގުތު ވެސް ހުރީ ޑުބާއީގައިއެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page