https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

އިޓަލީ އިން ވޭލްސް މައްޗަށް ކުރި ހޯދައިފި

  • Writer: Goal mv
    Goal mv
  • Jun 21, 2021
  • 1 min read


ޔޫރޯ 2020 ގައި މިރޭ އިޓަލީ އާއި ވޭލްސް ބައްދަލު ކުރި މެޗު 1-0 ގެ ނަތީޖާއަކުން އިޓަލީ އިން ކުރިހޯދައިފިއެވެ.


މެޗު ފެށިގެން އިޓަލީ އިން ވަނީ ގިނަ ހަމަލާ ތަކެއް ވޭލްސް ގެ ގޯލަށް ވަނީ ފޮނުވާލާފައެވެ.


މެޗުގައި އިޓަލީއިން ޖެހި ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ 39 ވަނަ މިނެޓުގައެވެ. މިއީ ހިލޭ ޖެހުމަކުން ކެޕްޓަން ވެރާޓީ ދިން ބޯޅައަކުން ޕެސީނާ ޖެހި ރީތި ލަނޑެކެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑުވެސް މެއެވެ.


މިރޭގެ މޮޅާ އެކު އިޓަލީން ވަނީ ބަލިނުވެ 30 މެޗު ހަމަކޮށް 82 އަހަރުވީ ރެކޯޑަކާ ހަމަކޮށްފަ އެވެ.


އިޓަލީ އިން ވޭލްސް ބަލިކޮށް ގްރޫޕްގެ އެއް ވަނަ ހޯދިއިރު، މިރޭގެ މެޗުން ބަލިވި ނަމަވެސް ގްރޫޕްގެ ދެ ވަނައިގެ ގޮތުގައި ވޭލްސް އިން ދެ ވަނަ ބުރުގެ ޖާގަ ވަނީ ހޯދައިފި އެވެ.


 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page