އައްޒަ ގިވްއަވޭއެއް ދެންއުޅޭކަން ނަޝީދަށް އެނގޭ ތަ؟
- މާހިރު މުޙައްމަދު
- Jun 20, 2021
- 1 min read

މަޝްހޫރު ފިލްމީތަރި މަރިޔަމް އައްޒަ ވަރަށް އަވަހަށް ގިވްއަވޭއެއް ދޭން ވިސްނާކަމަށް ބުނެފިއެވެ.
އައްޒަ މިހެން ބުނެފައި ވަނީ، ބެލުންތެރިން ބޭނުން ސުވާލެއް ކުރުމަށް ހުޅުވާލި ފުރުސަތުގައި، ގިވްއަވޭއެއް ދޭން ނުވިިސްނަންތޯ ބެލުންތެެރިއަކު އެހި ސުވާލަކަށް ޖަވާބު ދެމުންނެވެ. ނަމަވެސް ގިވްއަވޭ ދޭނެ އިރެއް އައްޒަ ބުނެފައެއް ނުވެއެވެ.
ނަމަވެސް ވިސްނާލަން ވީ ކަމަކީ، ގިވްއަވޭއެއް ފެނުނު ނަމަވެސް، އެއީ ޙަޤީޤަތުގައި ވެސް އައްޒަގެ ގިވްއަވޭއެއްކަން ޔަޤީންކުރުމެވެ. ސަބަބަކީ މަޝްހޫރު މީހުންގެ ނަމުގައި މަކަރާއި ހީލަތުން، އޮޅުވާލައިގެން އެކި ފަރާތްތަކުން ފޭކް ގިވްއަވޭ ދޭނެކަމަށް ބުނަމުން ދާތީއެވެ.
މަޝްހޫރު ފިލްމީ ދެތަރިން ކަމަށްވާ ޢާއިޝަތު ރިޝްމީ އާއި މަރިޔަމް އައްޒަ އަށްވެސް އެދެމީހުންގެ ސަޕޯޓަރުން އެކި ސުވާލުތައް އަމާޒު ކުރުވިއެވެ. އޭގެ ތެރެއިން ދެ ތަރިން ކައިރީގައިވެސް އަހާފައިވާ ސުވާލަކީ، މި ދުވަސްކޮޅު ރިޝްމީ، އައްޒަމެން ގޭގައި އުޅެނީ ކީއްތޯއެވެ.
އެ ސުވާލުގެ ޖަވާބުގައި ރިޝްމީވެސް ބުނެފައި ވަނީ، އޭނާ އެގެއަށް އެއްކޮށް ބަދަލުވީ ނޫން ކަމަށާއި، 'ވިޒިޓް' އަކަށް ދުވަސްކޮޅަކަށް ޖައްސާލީ ކަމަށެވެ.








Comments