އިނގިރޭސި ރާނީ އަދި އެމެރިކާގެ ރައީސް މި މަހު ބައްދަލު ކުރާކަން އެނގޭތަ؟
- މާހިރު މުޙައްމަދު
- Jun 8, 2021
- 1 min read

މި މަހުގެ 13 ވަނަ ދުވަހު އިނގިރޭސި ރާނީ ކުއީން އެލިޒަބެތް އަދި އެމެރިކާގެ ރައީސް ޖޯ ބައިޑެން ބައްދަލު ކުރައްވަން ނިންމަވައިފިއެވެ.
އިނގިރޭސިވިލާތުގައި މި މަހު އޮންނަ ޖީ7 ސަމިޓު ނިންމަވާލެއްވުމަށް ފަހު އިނގިރޭސި ރާނީ އާއި ބައިޑެން އަދި އަނބިކަނބަލުން ވަނީ ބައްދަލު ކުރެއްވުމަށް ނިންމަވާފައެވެ. އަދި މިހާތަނަށް މި ދެބޭފުޅުންގެ ބައްދަލުވުން އޮންނާނެ ކަމަށް އިޢުލާންކޮށްފައިވަނީ ވިންސޯ ކާސަލްގައެވެ.
އިނގިރޭސި ރާނީ 2 ޑޯޒު ވެކްސިން ޖައްސަވާފައިވީ ނަމަވެސް، ގިނަ ޖަލްސާ ތައް އެކަމަނާ ބާއްވަވާފައިވަނީ އޮންލައިންކޮށެވެ. އެކި ޤައުމުތަކުގެ މަންދޫބުންނާއި ވެސް މި ބީދައިން ވަނީ ބައްދަލު ކުރައްވާފައެވެ.
އެކަމަނާ ބައިޑެން އަދި ޢާއިލާއާއި ބައްދަލު ކުރައްވާނީ އެ ކަމަނާގެ އުފަންދުވަހާއި ޖެހިގެން އަންނަ ދުވަހުކަންވެސް ފާހަގަކޮށްލެވެއެވެ.








Comments