އަހަރެންގެ ވިސްނުން ވެސް ހުންނާނީ ދިވެސްއެއް ގޮތުގަ- ޝިފާ
- ޙުސައިން އަޙުމަދު

- Jun 20, 2021
- 1 min read

ރާއްޖޭގެ މަޝްހޫރް ޓިކްޓޮކް ތަރިންގެ ވާހަކަ ދައްކަން ފަށާނަމަ އެންމެ ފުރަތަމަވެސް ދޫކޮށް ނުލެވޭނެ ތަރިއަކީ ޓިކްޓޮކް ކުއީންގެ ގޮތުގައި މަޝްހޫރުވި ޅ. ނައިފަރަށް އުފަން މަރިޔަމް ޝިފާގެ ވާހަކައެވެ.
އަދި މިހާރު “ކޮންޓްރޮވާޝަލް ކުއީން”ގެ ގޮތުގައި ވެސް އެންމެ ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަންނަ ފަންނާނުންގެ ލިސްޓުގެ އެންމެ ކުރިންޖާގަ ހޯދާނީ ހަމަ ޝިފާ ކަން ގައިމެވެ.
"ލައްކަ އަކުން އެކެއްް"ގެ ގޮތުގައި މިހާރު ގިނަބަޔަކު ދަންނާނެ ޝިފާ ބައިސްކޯފް ޝޯއެއްގެ ޓިކްޓޮކުން މަޝްހޫރުކަަން ހޯދި ނިމްޝާ އަދި ނަތާއާ އެކީ މިފަހުން ވަނީ ބައިވެރިވެފައެވެ. އެޝޯގެ ތެރެއިން ޕްރެންޒެންޓަރުވަނީ ކޮމެންޓު ސެކްޝަންތަކުން ވަރަށް ގިނައިން ފިލްމީ ދާއިރާގައި ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ތަރިންގެ ފޮޓޯތަކަށްވެސް "މިއީ ދެން ކާކުހޭ؟، ކާކުހޭ މީނަ ސެލެބްރިޓީއަކަށް ހެދީ ނުވަތަ ރާއްޖޭގައި ސެލެބްރިޓީން އުޅޭހެއްޔޭ؟" ފަދަ ކޮމެންޓުތައް ފެންނަ ކަމަށް ބުނެފައެވެ.
އެކަމަށް ޖަވާބުދެމުން ނަތާ ވަނީ ދިވެހިން ހިންދީ ފިލްތައް ބަލާ އެމީހުންނަށް ސަޕޯޓުކޮށް އެމީހުން ބަލައިގަންނަގޮތަށް ދިވެހިތަރިނަށްވެސް ސަޕޯޓުކޮށް ބަލައިގަންނަނަމަ އެވިސްނުން ނުހުންނާނެ ކަމަށާއި، ދިވެހިންގެ އެ ވިސްނުން ބަދަލުކުރަންޖެހޭ ކަމަށް ބުނެފައެވެ. އެއާއެކު ޝިފާ ބުނެފައިވަނީ "ދިވެހިންގެ ވިސްނުން އިންނާނީ ހަމަ ދިވެހިންގެ ގޮތުގަ" ކަމަށެވެ.
އެއީ ކޮންމެ ކުއްޖެއްވެސް ފަށައިގަންނައިރު ދިމާވާ މައްސަލައެއް ކަމަށް ދެކޭކަން ފާހަގަކުރަމުން، ޝިފާ ބުނީ ބައެެއް މީހުންނަކީ އެހެންމީހުންނަށް ލިބޭ އުފާ "ހަޖަމް"ވާ މީހުން ނޫންކަމަށެވެ.
"ދިވެހިންގެ ވިސްނުން އިންނާނީ ދިވެހިންގެ ގޮތުގަ ހަމަ. ބައެެއް މީހުންނަކީ އެހެންމީހުންނަށް ލިބޭ އުފާ ހަޖަމް ވާ މީހުނެއް ނޫން. ނޫނީ އެމީހުންނަަކަށް ކަމަކުނުދޭ އެހެން މީހަކަށް އެއްވެސް ވަރަކަށް އުފަލެއް ލިބޭކަށް. އެހެންވީމަ އެމީހުން ދެން އޮތް ގޮތެއްތާ ހޯދާނީ އެމީހަކު ވައްޓާލަން، ފުޑާލަން. " ޝިފާ ބުނެފައިވެއެވެ.
ޝިފާ ބުނީ އެެއީ ފަށަައިގަންނައިރު އެންމެންނަށްވެސް ދިމާވާ މައްސަލައެެއް ކަމަށާއި، ޝިފާ އަށްވެސް އެންމެ ފުރަތަމަ ވަރަށް އުދަގޫވި ކަމަށެވެ. ފުރަަތަމަ ފަށައިގެންއިރު ވެސް ދޫކޮށްލާފަ ދާނީއޭވެސް "ދެން ނުވާނެއޭ" ހިތަށް އަރާ ބައެއް ފަހަރު ރޮވޭ ވަރުވާ ކަމަށް އޭނާ ބުނެއެވެ.
" ފުރަަތަމަ ފަށާގެން އިރު ހިތަށްއެރި ހަމަ ދޫކޮށްކާލަފަ ދާނީއޭވެސް، ދެން ނުވާނެއޭ ހިތަށް އަރާ ބައެއް ފަހަރު ރޮވޭ ވަރުވޭ. ހަމަ ކޮމެންޓްސް، އެހެންމީހުން، ދިވެހިން ވިސްނާގޮތާ ދޭތެރޭ ހިތަށް އަރާފަ. އެކަމް އަބަދު އެއާ ދޭތެރޭ ވިސްނައިގެނެއް ނޫޅެވޭނެއެއްނު، އެންމެން ހިތްހަމައެއް ނުޖެހޭނެއެއްނު" ޝިފާ ބުނެފައިވެއެވެ.
ޝިފާ ބުނީ އަމިއްލަ މީހާއަށް އުޅެވެނީ އަދި މަސައްކަތް ކުރެވެނީ ރަނގަޅަށޭ ހިތައިގެން އެގޮތަށް ކުރިއަށްދިޔައިމަ ރަނގަޅުވާނެ ކަމަށެވެ.








Comments