https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ކޯވިޑްގެ ނުރައްކާތެރި ވޭރިއެންޓެއް އިންޑިއާ އިން ފެނިއްޖެ

  • މާހިރު މުޙައްމަދު
  • Jun 8, 2021
  • 1 min read


އަވަށްޓެރި އިންޑިއާ އިން އަނެއްކާ ވެސް ކޯވިޑް-19 ގެ ނުރައްކާތެރި ވޭރިއަންޓެއް ފެނިއްޖެއެވެ.


ކޯވިޑް ގެ އާ ވޭރިއެންޓް ފެނިފައި މިވަނީ ބްރެޒިލް އާއި ޔޫކޭ އިން އައި ބައެއްގެ ފަރާތުންނެވެ. މިއީ B.11.28.2 ގެ ނަމުން ނަންދީފައިވާ ވޭރިއަންޓެކެވެ. މި ވޭރިއަންޓަކީ ކުރިން ފެނިފައިވާ ވޭރިއެންޓުތަކަށް ވުރެ ނުރައްކާތެރި ވޭރިއެންޓެއް ކަމަށް ސިއްހީ މާހިރުން ލަފާދެއެވެ.

އިންޑިއާގެ ނެޝެނަލް އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ އިން ބުނާ ގޮތުގައި އެ ގައުމަށް ދަތުރުކުރި ފަރާތްތަކުގެ ހަށިގަނޑުން ފެނުނު ކޯވިޑުގެ އާ ވައްތަރުގެ ސަބަބުން ބޭރަށް ހިނގުން އިތުރުވެފައި މީހާ ވަރުބަލިކޮށްލާނެ ކަމަށެވެ.

އަލަށް އިންޑިއާ އިން ފެނުނު ކޯވިޑްގެ އާ ވައްތަރު ނުރައްކާވާ ސަބަބުތަކުގެ ތެރޭގައި އެ ވައްތަރު ޖެހޭ ފަރާތްތަކުގެ ބަރުދަން ލުއިވުމާއި ފުއްޕާމޭ ބަލިކަށިވުން ހިމެނެއެވެ.

ރިޕޯޓުތައް ބުނާގޮތުން އިންޑިއާ އިން އަލަށް ފެނުނު ވައިރަހަކީ އެ ގައުމުގައި ކޯވިޑްގެ 2 ވަނަ ރާޅުގައި ފެތުރިފައިވާ ވައްތަރާ އެއް ވައްތަރުގެ ވައިރަހެކެވެ. ނަމަވެސް އަލަށް ފެނުނު ވައިރަހުން އިންސާނާގެ ހަށިގަނޑަށް ލިބޭ ގެއްލުން އިތުރު ވެފައި ނުރައްކާތެރި ކަމަށް ވެއެވެ.


 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page