https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ކޮވިޑަށް ނައްސިވުމުން ދަގަނޑޭ މާދަމާ ގައުމީ ޓީމާއި ގުޅެނީ

  • Writer: Goal mv
    Goal mv
  • Jun 5, 2021
  • 1 min read

Updated: Jun 7, 2021



ފީފާ ވޯލްޑްކަޕް އަދި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން މީގެ ފަސް ދުވަސްކުރިން ހެދި ކޮވިޑު ޓެސްޓުތަކުން ފައްސިވި ނަމަވެސް އެންމެފަހުން ހެދި ޓެސްޓުތަކުން ނައްސިވުމުން ދަގަނޑޭ ގައުމީ ޓީމާއެކު އުޅުމުގެ ފުރުސަތު ލިބިއްޖެ އެވެ.



އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި ދަގަނޑޭ ގައުމީ ޓީމާއި ގުޅޭނީ މިރޭ ސީރިޔާ އާއި ދެކޮޅަށް ކުޅޭ މެޗަށްފަހު އެވެ. އެހެންކަމުން ކޮލިފިކޭޝަނުގައި ރާއްޖެއަށް ބާކީ އޮތް ދެ މެޗުގައި ދަގަނޑޭ ފެނުމުގެ ފުރުސަތު އެބައޮތެވެ.


ކޮލިފިކޭޝަނުގައި ޗައިނާއާއި ދެކޮޅަަށް ރާއްޖެ ކުޅޭނީ އަންނަ ހުކުރުދުވަހު އެވެ. އަދި ފިލިޕީންސް އާއި ދެކޮޅަށް ކުޅޭނީ މިމަހުގެ 15 ގައެވެ. މިއީ ގައުމީ ޓީމުގެ ކުޅުންތެރިންނަަށް ލިބުނު ބޮޑު ހިތްވަރަކަށް ވެގެންދާނެ އެވެ. އަދި ކޯޗިން ޓީމަަށްވެސް ލިބޭނެ އިތުރު ބާރަކަށް ވާނެއެވެ.


އެންމެ ފުރަތަމަ ޗައިނާގައި ކޮލިފިކޭޝަނުގެ މެޗުތައް ބާއްވަން އޮތް އިރު އެ ގައުމަށް ފުރުމުގެ ކުރިން ހެދި ޓެސްޓުތަކުން ދަގަނޑޭ ފައްސިވީ މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހުގައެވެ. އެއާއެކު އޭނާގެ އިތުރުން އަލީ ޝާމިސް (ތޮޮއްޕެ) ވެސް ފައްސިވުމުން ދެ ކުޅުންތެރިން ވަކިން އައިސޮލޭޓުކުރި އެވެ. މެޗުތައް އެންމެފަހުން ކުޅެން ނިންމީ ދުބާއިގައެވެ. އެއީ ރާއްޖެ ހިމެނޭ ހެން 3 ގައުމަކަށް ޗައިނާއަަށް އެތެރެވުމުގެ ފުރުސަތު ނުލިބުމުންނެވެ.


މާލޭގެ ހޮޓެލް ޖެންގައި ޓީމު ކޭމްޕުކުރި އިރު ދަގަނޑޭ ވަނީ ހާއްސަ ހުއްދައެއްގެ ދަށުން ޓީމާއި ވަކިވެފައެވެ. ނަމަވެސް ފަހުން ވަނީ ޕްރޮޓޮކޯލްތަކުގެ ދަށުން އައިސޮލޭޓުވުމަށްފަހު ހެދި ޓެސްޓުތަކުން ނައްސިވިކަން ކަށަަވަރުކުރުމަށްފަހު ޓީމާއެކު ދަތުރުކޮށްފައެވެ.



 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page