https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ކުޅިވަރަށް އެތައް ހިދުމަތްތަކެއް ކޮށްދެއްވި މާދިހު ނިޔާވެއްޖެ

  • މާހިރު މުޙައްމަދު
  • Jun 8, 2021
  • 1 min read


ރާއްޖޭގެ ކުޅިވަރަށް އަގު ނުކުރެވޭ ފަދަ ގިނަ ހިދުމަތްތަކެއް ކޮށްދެއްވަމުން އައި މާދިހު އިސްމާއިލް ރޭ ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.


ރޭ ކުއްލިގޮތަކަށް މާދިހުގެ ހާލުދެރަވެގެން އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ނިޔާވީ ކަމަށް މާދިހު ގެ އާއިލާގެ ފަރާތުން މައުލޫމާތުދެއެވެ. މާދިހު ނިޔާވީ އިރު އުމުރުން 51 އަހަރެވެ.


މާދިހް ވަނީ ކުޅިވަރު އެސޯސިއޭޝަނެއްގެ މުހިއްމު މަގާމުތަކެއް އަދާކުރައްވާފައެވެ. މާދިހުއަކީ ކްރިކެޓާއި ފުޓްބޯޅަ އަދި ސްވިމިން އެސޯސިއޭޝަންގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މީގެ އިތުރުން ވެސް، އެކި ކުޅިވަރުތަކުގައި އޭނާގެ ބައިވެރިވުން އޮތެވެ.


މާދިހު ވަނީ، އެފްއޭއެމްގެ އެގްޒެކަޓިވް ކޮމިޓީގެ މެންބަރުކަމާއި އެތުލެޓިކްސް އެސޯސިއޭޝަންގެ ވައިސް ޗެއާޕާސަން ކަމުގެ މަގާމާއި ނެޓް ބޯލް އެސޯސިއޭޝަންގެ އެގްޒެކަޓިވް ކޮމިޓީގެ މެންބަރުކަން ވެސް އަދާކުރައްވާފައެވެ.


ކުޅިވަރު ދާއިރާގެ ވަރަށް ގިނަ ބޭފުޅުން އަންނަނީ މީސް މީޑިއާގައި މާދިހްގެ ހިދުމަތް ފާހަގަ ކުރައްވާ އޭނާއަށް ހެޔޮ ދުއާ ކުރައްވަމުން އަންނަކަން ފާހަގަކުރަމެވެ.


 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page