ކްރިސް ގޭލް ރާއްޖޭގައި ބޮޑު ބާރގާއެއް ކޭކަން އެނގޭ ތަ؟
- Goal mv
- Jun 20, 2021
- 1 min read

މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ކްރިސް ގޭލް ރާއްޖޭގައި ބޮޑު ބާރގާއެއް ކާ ވީޑިއޯއެއް އޭނާ އިންސްޓަގްރާމްގައި ޝާއިއުކޮށްފިއެވެ.
ކްރިސް ގޭލް އާމުކުރި އެ ޕޯސްޓުގައި ބުނެފައި ވާ ގޮތުގައި އެއީ އޭނާގެ ހަޔާތުގައި ވެސް ކެއި އެންމެ ބޮޑު ބާރގާއެވެ. ”ޖަމްބޯ ލޮބްސްޓަރ ބާރގާ“ގެ ނަމުން ނަންދީފައިވާ ބާރގާ އޭނާ ކައިފައި ވަނީ ރާއްޖޭގެ ރިސޯޓެއްގައި ހުރެއެވެ.
ޕަންޖާބް ކިންގްސްއަށް ކުޅެމުން އަންނަ ގޭލް އިންޑިއާގެ މަޝްރަހު ގޯސްވުމުގެ ސަަބަބުން ވަނީ އޮސްޓްރޭލިއާގެ އިތުރު ކުޅުންތެރިންނާއި އެކު ރާއްޖެއަށް އައިސްފައެވެ. މިއީ އިންޑިއަން އައިޕީއެލްގެ ކުޅުން މެދުކަނޑާލުމުގެ ސަބަބުން ރާއްޖެ އައި ކުޅުންތެރިންނެވެ.
ގޭލް އަކީ ދުނިޔޭގައި މިހާތަނަށް ހުރި ކްރިކެޓްގެ އެންމެ މޮޅު ބެޓްސްމަނުންގެ ތެރޭގައި ގުނާލެވޭ ފަދަ ބެޓްސްމަނެކެވެ.








Comments