ކެރަމަލް ޕުޑިން
- މާހިރު މުޙައްމަދު
- Jun 9, 2021
- 1 min read

ބޭނުންވާނެ ތަކެތި:
6 ބިސް
½ ޖޯޑު ފެން
ކުޑަ ލޮނުކޮޅެއް
1 ދަޅު ގެރިކިރު
3 މޭޒުމަތީ ސަމުސާ ހަކުރު
1 ސައިސަމުސާ ވެނީލާ އެސެންސް
ތައްޔާރުނެގޮތް:
ކެރަމަލްކޮޅު ތައްޔާރުމަށް ތެއްޔަކަށް ހަކުރު ކޮޅު އެޅުމަށް ފަހު ކުޑަ ފެންފޮދެއް އަޅާ ކައްކާލާށެވެ. މުށި ކުލަ އެރުމުން ހަކުރު ކޮޅު ޓްރޭއަކަށް އަޅާއި ފަތުރާލާށެވެ. އެއަށް ފަހު ހިހޫވަންދެން ބަހައްޓާށެވެ.
ޕުޑިން ތައްޔާރުކޮށްލުމަށް ބިސްތައް ތައްޓަކަށް އަޅާ ގިރާލާށެވެ. ބިސް ގިރުމަށް މިކްސްޗަރު ވެސް ބޭނުން ކުރެވިދާނެއެވެ. ބިސް ގިރުމަށް ފަހު ގެރިކިރު، ވެނީލާ އެސެންސް، ފެން އަދި ލޮނު އެޅުމަށް ފަހު ހުރިހާ އެއްޗެއް އެއްވަންދެން ގިރާލާށެވެ.
ޕުޑިން ފިހުމަށް 175 ޑިގްރީއަށް އަވަން ޖެއްސުމަށް ފަހު ފުޑިން ފިހާ ޓްރޭއަށް ވުރެ ބޮޑު ޓްރޭއަކަށް ފެން އަޅާ ކުޑަ ޓްރޭ އޭގެތެރެއަށް ލާށެވެ. އެއަށް ފަހު ގާތްގަނޑަކަށް 40-45 މިނެޓް ވަންދެން ފިހެލާށެވެ.
ނޯޓް: ޕުޑިން ފިހަން ވާނީ އާވިންނެވެ.








Comments