https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ބަރުދަން ލުއިކުރުމާއި ސަރުބީ ވިރުވުމަށް ކޮފީ އާއި ލުނބޯހުތް

  • މާހިރު މުޙައްމަދު
  • Jun 24, 2021
  • 1 min read


ކޮފީއަށް ލުނބޯހުތް އަޅައިގެން ބުއިމުން ބަރުދަން ލުއިކޮށްދިނުމާއި ސަރުބީ ވިރުވައިދިނުން އިތުރުކޮށްދެއެވެ.


ކޮފީއަކީ ސްޓިމިއުލެންޓެއް ގޮތަށް މަސައްކަތްކުރާ އެއްޗެކެވެ. މާނައަކީ ހަށިގަނޑުގެ ސައިކޮލިޖިކަލް ނުވަތަ ނާރުތަކުގެ މަސައްކަތް އިތުރުކޮށްދިނުމަށް ކޮފީން އެހީތެރިވެދެއެވެ. އެހެންކަމުން ކަސްރަތުކުރުމާއި ޖިމްގެ ވޯރކްއައުޓްތައް ކުރުމުގައި އިތުރު މުރާލިކަމަކާއި ޖޯޝެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ކޮފީގައި އެކުލެވޭ ބަޔޮލޮޖިކަލް މާއްދާތައް ކަމަށްވާ ކެފެއިން، ތިއޯބްރޯމައިން، ތިއޯފައިލިން އަދި ކްލޮރޯޖެނިކް އެސިޑްސް އަކީވެސް ބަރުދަން ލުއިކޮށްދިނުން އިތުރުކޮށްދޭ މާއްދާ ތަކެކެވެ. ކޮފީިން ފެޓް ސެލްތައް ހަލާކުކޮށްލައެވެ. އެކަމުގެ ސަބަބުން ވެސް ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދެއެވެ. ކޮފީ ބުއިމުން ހަޖަމަކުކުރުން ރަނގަޅުކޮށްދީ ބަނޑުހަރުވުމަށް ހައްލެއްލިބެއެވެ. ހަށިގަނޑަށް ހަކުރު އެބްސޯބްކުރާ މިންވަރު ދަށްކޮށްދެއެވެ. ނަމަވެސް މާ ގިނައިން ކޮފީ ބުއިމުން ދުރުހެލިވާން ޖެހެއެވެ. މާ ގިނައިން ކޮފީ ބުއިމުން، ދެންމެ މި ބުނެދިން ކަންކަމުގެ އިދިކޮޅަށް ހަށިގަނޑު މަސައްކަތްކުރަން ފަށާފާނެއެވެ.


ކޮފީގައި އެކުލެވޭ ކެފެއިންގެ ސަބަބުން ތާރމޯޖެނިސިސް ޕްރޮސެސް އިތުރުކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ކެލޮރީ އެންދުމަށް އެހީތެރިވެދެއެވެ.


ލުނބޯހުތުގެ ސަބަބުން މެޓަބޮލިޒަމް (ހަށިގަނޑުގައި ދިރުން ދެމެހެއްޓުމަށްޓަކައި ކުރިއަށް ގެންދާ ކެމިކަލް މަރުހަލާ) އިތުރުކޮށްދެއެވެ. ދުވަހުގެ ފެށުން ލުނބޯހުތް ފެން ތަށްޓަކުން ފެށުމަށް ބުނެ އުޅެނީ މި ސަބަބާ ހުރެއެވެ.

ލުނބޫހުތުގައި ހުންނަ އެސިޑްގެ ސަބަބުން ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކުރުމަށް އެހީތެރިވެދެއެވެ. ލިވަރ އިން އުފައްދާ ދިޔަކަމަށްވާ ބައިލް އުފެއްދުން އިތުރުކޮށްދެއެވެ. އެކަމުގެ ސަބަބުން ހަޖަމުކުރުމާއި ހަށިގަނޑު ޑީޓޮކްސިފައިކޮށްދިނުމަށް އެހީތެރިވެދެއެވެ. ބަނޑު ފުރިފައިވާ ކަމުގެ އިހުސާސްކޮށްދީ ކާހިތްވުން ކުޑަކޮށްދެއެވެ.


ކަޅުކޮފީގެ ތެރެއަށް ލުނބޯހުތް އަޅައިގެން ހުސްބަނޑާހުރެ ހެނދުނުގަޑީގައި ބުއިމުން ބަނޑުގައި ހުންނަ ސަރުބީ ވިރުވައިދީ ބަރުދަން ލުއިކޮށްދިނުމަށް ވަރަށް ބޮޑު ބާރެއް އަޅައިދެއެވެ. މިގޮތަށް ކޮފީ ބުއިމަށްޓަކައި ހޫނު ފެނުގެ ތެރެއަށް ކޮފީ އަޅައި ގިރާލުމަށްފަހު މޭޒުމަތީ ސަމުސަލެއްގެ ލުނބޯހުތް އަޅައިގެން ތާފަނާކޮށް ބަހައްޓައިގެން ބޯށެވެ. ހެނދުނުގެ ކަސްރަތުކުރަން ފެށުމުގެ ބައިގަޑިއިރު ކުރިން ބުއިމަކީ އެންމެ ފައިދާހުރި ގޮތެވެ.



އިތުރު ބަޔާން: ކޮފީ ބުއިމުން ބަރުދަން ލުއިކޮށްދިނަސް، މާ ގިނައިން (ހެނދުނުގެ އިތުރުން އެހެން ވަގުތުތަކުގައި) ބޭނުންކުރުމުން ލިބެން ޖެހޭ ފައިދާގެ އިދިކޮޅު ފެނިގެން ހިނގައިދާނެއެވެ.



 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page