ރީތިކަން ގެއްލިދާނެތީ އިތުރު ދަރިއަކު ހޯދާކަށް ނުވިސްނަން- އައްޒަ
- މާހިރު މުޙައްމަދު
- Jun 20, 2021
- 1 min read

މަޝްހޫރު އެކްޓްރެސް މަރިޔަމް އައްޒަ، މިހާރު އިނދެގެން އުޅޭ އަބްދުﷲ މުއާޒް (މުއާ) އާއެކީ ދަރިއަކު ހޯދަން ވިސްނާތޯ އެހެމުން ޖަވާބުދީފިއެވެ.

ގިނަ ފޭނުންނެއްގެ ހިތުގައި އުފެދޭ އެ ސުވާލަށް އައްޒަ އެންމެފަހުން ޖަވާބުދީފައި ވަނީ އިއްޔެ އިންސްޓަގްރާމްގައި ކުރިއަށް ގެންދިޔަ ސުވާލާއި ޖަވާބުގެ ސެޝަންގައެވެ.

އީތަން އަކީ އައްޒަގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދަރިއެވެ. އަދި ރޫބީ އަކީ މުއާގެ ފުރަތަމަ ކައިވެންޏަށް ލިބިފައިވާ ކުއްޖެކެވެ. މީގެތެރެއިން ރޫބީ ދިރިއުޅެނީ އޭނާގެ މަންމަ ޝާޔަން އާއެކީ ކަމުގައި ވިޔަސް، ވަރަށް ގިނައިން އަައްޒަމެން ދިރިއުޅޭ ގެއަށް ގޮސް އުޅޭކަން މީސްމީޑިއާއިން އެނގެއެވެ.









Comments