https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ރެކޯޑް މޮޅަކާ އެކު ސްޕެއިން 2 ވަނަ ބުރަށް

  • މާހިރު މުޙައްމަދު
  • Jun 23, 2021
  • 1 min read


މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިނުން ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުން 5-0 އިން ސްލޮވާކިއާ އަތުން މޮޅުވެ، މުބާރާތުގެ ދެ ވަނަ ބުުރުން ފުރުސަތު ހޯދައިފި އެެވެ.


ސްޕެއިން އިން މެޗުގެ 30 ވަަަނަ މިނިޓްގައި ލީޑު ނެގީ ސްލޮވާކިޔާގެ ޑުބްރާވްކާ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ސަރާބިއާ އޭރިއާ ބޭރުން ޖެހި ބޯޅަ ހުރަސްދަނޑީގައި ޖެހިފައި މަތިން އައި ވަގުތު އެ ބޯޅަ ބޭރު ކޮށްލަން ޑުބްރާވްކާ އަތުން ޕަންޗް ކޮށްލި ބޯޅަ ވަނީ ބައިކޮޅަށެެވެ.


މެޗުގެ 2 ވަނަ ގޯލް ސްޕއެިން އިން ކާމިޔާބުކުރީ އައިމެރިކް ލަޕޯޓް އެވެ. މިއީ ސްޕެއިން ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ލަނޑެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ. މެޗުގެ 3 ވަނަ ގޯލް ސްޕއެިން އިން ކާމިޔާބުކުރީ 2 ވަނަ ހާފުގަ 10 މިނިޓް ތެރޭ ޖޯޑީ އަލްބާ ނަގައިދިން ހުރަހަކުން ސަރާބިއާ އެެވެ. 4 ވަނަ ގޯލް ސްޕއެިން އިން ކާމިޔާބުކުރީ 66 ވަނަ މިނެޓުގައި ޓޮރޭޒް އެވެ. އަދި 5 ވަނަ ގޯލް ސްޕއެިން އިން ޖެހީ މެޗުގެ 77 ވަނަ މިނެޓުގައި ބަދަލު ކުުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑިފެންޑަރު ޕައު ޓޮރޭޒް ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ސްލޮވާކިއާގެ ކުރިއަށް ކުޅޭ ޖޫރަޖް ކުޗްކާ ފައިގައި ޖެހިފައި ބައިކޮޅަށެވެ. ސްވިޑަން އާއި ޕޮލޭންޑް ބައްދަލުކުރި މެޗުގައި ސްވިޑަން އިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްފައިވަނީ އެމިލް ފޯސްބާާގް އެވެ. އަނެއް ލަނޑު އެ ޓީމަށް ކާމިޔާބުކޮށްފައިވަނީ ވިކްޓާ ކްލާސަން އެވެ. ޕޮލޭންޑްގެ ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ އެ ޓީމުގެ ކެޕްޓަން ރޮބަޓް ލެވަންޑޮސްކީ އެވެ.

 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page