ރޮނާލްޑޯއަކީ ކޯކް ދުރުކުރުމުން މަސްހޫރުވި ކުޅުންތެރިއެއް ނޫން: ޖަރުމަނު ކޯޗު ޔޯހައިމް ލޯ!
- ޙުސައިން އަޙުމަދު

- Jun 19, 2021
- 1 min read
Updated: Jun 20, 2021

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މިރޭ 21:00 ގައި ޕޯޗުގަލްއާއި ޖަރުމަނު ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަރުމަނު ކޯޗު ވަނީ ރޮނާލްޑޯއަށް ހާއްސަ ސަމާލުކަމެއް ދޭނެކަމަށް ބުނެފައެވެ. އަދި ރޮނާލްޑޯއަކީ މުޅި ޔުރޯ މުބާރާތުގައިވެސް ކުޅޭ އެންމެ ބިރު ބޮޑު ކުޅުންތެރިޔާ ކަންވެސް ފާހަގަ ކޮށްފައެވެ.
ފުރަތަމަ މެޗުގައިވެސް ރޮނާލްޑޯވަނީ ދެ ލަނޑު ޖަހާ ހަންގޭރީއަށް ރަނގަޅު ފލާވަޅެއް ދީފައެވެ. އަދި މި މެޗުން ޕޯޗުގަލް ވަނީ ހަންގޭރީ 3-0 އިން ބަލިކޮށްފައެވެ. އަދި ފްރާންސް ވަނީ 1-0 އިން ޖަރުމަނު ބަލިކޮށްފައެވެ. އެހެންކަމުން މި މެޗަކީ ޖަރުމަނަށް މުހިއްމު މެޗެކެވެ. މި މެޗުން ބަލިވެއްޖެ ނަމަ އެ ޓީމަށް ދެވަނަބުރަށް ދިއުމުގެ އަމިއްލަ ބާރު ގެއްލޭނެއެެވެ.
"ރޮނާލްޑޯގެ އިތުރަށް އެ ޓީމުގައި އެބަތިބި ސަމާލުކަން ދޭންޖެހޭ އިތުރު ކުޅުންތެރިން، އަހަރެމެން އެއް ކުޅުންތެރިއަކަށް ވިސްނަން ހަދަންޏާ ލަނޑެއް ލިބޭނީ، އެހެންވީމަ ހަމައެކަނި ރޮނާލްޑޯއަށް ނޫން ވިސްނާނީ، އެހެން ކުޅުންތެރިންނަށް ވެސް އެ ސަމާލުކަން ދޭނަން، މެޗުން މޮޅުވެވެން ކުރެވެން އޮތްހާ ކަމެއް ކުރާނަން" މެޗުގެ ކުރިން ޔޯހައިމް ލޯ ވަނީ ނޫސްވެރިންގެ ބައްދަލުވުމަގައި ބުނެފައެވެ.
ޖަރުމަނު ކުޅޭ ގޮތާއި ޕޯޗުގަލް ކުޅޭގޮތް ތަފާތު ކަމަށާއި މި މެޗުގައި ޖަރުމަނުން ކުޅޭނީ ކުރީގައި އެ ޓީމުގެ ފަރާތުން ފެނުނު ރީތި ފުޓުބޯޅަ ކަމަށް ކޯޗު ފާހަގަކުރި އެވެ.








Comments