https://www.mvgoal.com/ mvgoal
top of page
193503689_509652663805556_46088486238082

ނަފްރަތު ހުއްދަކުރާ އާޔަތް ދައްކަވައިފިއްޔާ ރާއްޖޭގެ ޢިލްމުވެރިންނާއެކު ހުންނަވާނަން- މުޞްޠަފާ

  • Writer: Goal mv
    Goal mv
  • Jun 20, 2021
  • 1 min read


ކީރިތި ޤުރުއާނުގައި ނަފްރަތު ހުއްދަކުރާ އާޔަތެއް ވަނިކޮށް އާޔަތް ދައްކަވައިފި ނަމަ ރާއްޖޭގެ ޢިލްމުވެރިންނާއެކު ހުންނަވާނެ ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުޞްޠަފާ ވިދާޅުވެއްޖެއެވެ.


މުޞްތަފާ މިއަދު ވިދާޅުވީ ބިލު ހުށަހަޅައިފައި އޮތީ ނަފްރަތު މަނާ ކުރަން ކަމަށާއި، ރާއްޖޭގެ ޢިލްމުވެރިން ބިލާއި ދެކޮޅު ކަމަށެވެ.

”މަނާ ނުވެއްޖިއްޔާ ނަފްރަތު ހުއްދަވީ. ނަފްރަތު ހުއްދަކުރާ ޤުރުއާނުގެ އާޔަތެއް ދައްކައިފިއްޔާ އަޅުގަނޑު މިހުރީ ތިޔަބޭފުޅުންނާއެކު.“ މުޞްޠަފާ ވިދާޅުވިއެވެ.


މުޞްޠަފާ މިހެން ވިދާޅުވެފައިވާއިރު، ”އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދައި ނޫޅޭށޭ އެއުރެންނާއި ދިމާއަށް ބުނެވިއްޖެނަމަ، ތިމަންމެންނީ ހަމަ އިސްލާހުކުރަން އުޅޭ ބަޔަކީމުއޭ އެއުރެން ބުނެތެވެ. ސޫރަތުލް ބަޤަރާ 11“ މި އާޔަތެއް މުޞްޠަފާއަކަށް ފެނިވަޑައިނުގަތްކަން ފާހަގަކޮށްލެވެއެވެ.

މުޞްޠަފާ ވިދާޅުވެފައިވަނީ، ރައީސް ނަޝީދަށް އަމާާޒުކޮށް ލާދީނީ ގޮވަން އަބަދު ވެސް ދެކޮޅުކަމަށެވެ.


ޤާނޫނުލްޢުޤޫބާތުގައި ހިމެނޭ ނަފްރަތުގެ ޢަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ދިފާޢުކުރަން ޕެޓިޝަނެއް ހަދައި, އެ ޕެޓިޝަނުގައި ބައެއް ފަރާތްތަކުން ސޮއިކުރަމުން އަންނައިރު, ރާއްޖޭގެ ދީނީ ޢިލްމުވެރިން ގެންދަވަނީ އެ ބިލާއި ދެކޮޅު ހައްދަވަމުންނެވެ . އެ ގޮތުން އެ ބިލު ފާސްކޮށްފިނަމަ، މުޖުތަމަޢުގައި އިސްލާމްދީނާއި ދެކޮޅަށް ހިނގާ ބޮޑެތި މުންކަރާތްތަކާއި ގުޅިގެން އެކަންކަމަކީ ނުރަނގަޅު ގޯސް ކަންތައްތައް ކަމަށާއި، އެ ކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވައިލައި ޢާންމުން ހޭލުންތެރި ކުރުމަށް ދީނީ ޢިލްމުވެރިންނާއި، އެނޫން ޢާންމު ރައްޔިތުންނަށް އެކީއެކަށް ހުރަސް އެޅި ބަންދުވެގެން ދާނެކަން ފާހަގަކުރާ ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.


ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލުގައި ޢާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށްއުޅޭ ނުވަތަ ދެކޮޅު މީހަކުކަމަށް ތުހުމަތުކުރުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އިސްލާމީ އަޤީދާއާއި ގުޅުވައި މުޖުތަމަޢުގެ މީހަކާމެދު ނަފުރަތު އުފެއްދުމަކީ ވެސް ކުށެއްކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.


 
 
 

Comments


  • White Facebook Icon

@goal.mv2021

bottom of page